Advertisement

ވައްކަން ކުރިކަމަށް ތުހުމަތު ކުރެވުނު މީހާގެ ގައިގައި ދަވާދު އުނގުޅާފައި --- ފޮޓޯ: ސޯޝަލް މީޑިއާ

22 May 2023
ޚަބަރު
ޢަލީ ސުލައިމާން

މީހަކު ވައްކަން ކުރިކަމަށް ބުނެ އެމީހާއާ މެދު ލާއިންސާނީ އަމަލުތަކެެއް ހިންގި މައްސަލަ ފުލުހުން ބަލަންފަށައިފި

މީހަކު ވައްކަން ކުރިކަމަށް ބުނެ އެމީހާއާ މެދު ލާއިންސާނީ އަމަލުތަކެެއް ހިންގި މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، މާފަންނު ފިހާރައަކުން މީހަކު ވައްކަންކުރިކަމަށް ބުނެ އެމީހާ ހިފަހައްޓައިގެން އުޅޭ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެރިޕޯޓާއި ގުޅިގެން އެސަރަހައްދަށް ފުލުހުން ދިޔައިރު ވައްކަން ކުރިކަމަށް ބުނާ މީހާވެސް އަދި އޭނާ އާއި މެދު ލާއިންސާނީ އަމަލުތައް ހިންގިކަމަށް ބުނާ މީހުންވެސް އެސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމުގައި ފުލުހުން ބުންޏެވެ.

ފުލުހުންގެ އިދާރާއިން ބުނީ ވައްކަންކުރިކަމަށް ތުހުމަތު ކުރެވުނު މީހާ އާއި އޭނާ އާއިމެދު ލާއިންސާނީ އަމަލުތައް ހިންގި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައިގެން އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

ރޭ މާފަންނު ފިހާރައަކުން ވައްކަން ކުރަން އުޅުނު މީހަކު ހިފަހައްޓައި، ބަޔަކު މީހުން ވަނީ އޭނާގެ ގަޔަށް ހުދު ދަވާދުއަޅާފައެވެ. އަދި އެ މީހާއާއި މެދު އެއަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދަނީ ދައުރުވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.