ޚަބަރު
ޚަބަރު
12 May 2023
ޚަބަރު
ގައިންގަޔަށް ނާރާ ބަލިތަކުގައި މީހުން މަރުވުން އިތުރު ވުމަކީ، ދިރާސާކޮށް އެކަމުގެ ޙަޤީޤަތް ހޯދައި ބަލަންޖެހިފައިވާ ކަމެއް: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ތާރީޚުން މީގެ އަހަރުތަކެއް ކުރިއަށް ބަލައިލާއިރު ފެންނާނީ، ގިނަ ބަޔަކު މަރުވަމުން ދިޔައީ، ގައިން ގަޔަށް އަރާ ބަލިތަކުގައިކަމަށާއި، އެހެންނަމަވެސް މިއަދު އެ މަންޒަރު މުޅިން ބަދަލުވެއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަމުގެ ސަބަބުތައް ދެނެގަތުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތާއި ޑަބްލިޔޫ.އެޗް.އޯ. ގުޅިގެން ފ. އަތޮޅުގައި މިހާރު ވަނީ ވަރަށް މުހިންމު މަޝްރޫޢެއް ފައްޓަވާފައި ކަމަށެވެ.
10 May 2023
ޚަބަރު
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައްވައިފި
އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔަގެ އޮފީހުން މިއަދު ފުރުޞަތުހުޅުވާލެއްވީ، އެކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން، 25 ޖުލައި 2018ގައި ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވި، ޢަލީ ނަޝާޠުގެ ދައުރުހަމަވާތީއެވެ.
10 May 2023
ޚަބަރު
ޤައުމީ ތަރައްޤީގެ ވިސްނުމެއްގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ކުޑަކުއްޖަކު ދުނިޔެއަށް އުފަންވާ އިރު، އެ ކުއްޖާއަށް އެންމެ ފުރަތަމަ ކަށަވަރުކޮށްދޭންޖެހޭ ޙައްޤަކީ، މައިންބަފައިންގެ ފުރިހަމަ ލޯތްބާއި ބެލެނިވެރިންގެ އޯގާތެރިކަމާއެކު، ދުޅަހެޔޮ ޞިއްޙަތެއްގައި ބަލައިބޮޑުކޮށް ރިވެތި އަޚުލާޤުގެ މަތީގައި ތަރުބިއްޔަތުކޮށްދިނުން ކަމަށެވެ. އަދި ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީވެސް، ކުޑަކުއްޖެއްގެ ޢުމުރުފުރާގައި ކޮންމެ އިންސާނަކަށް ލިބެންޖެހޭ އަޅައިލުމާއި ލޯތްބާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކޮށް، އެކަމަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
09 May 2023
ޚަބަރު
އެންމެ ޝައުޤުވެރިވާ މަސައްކަތަކާއިގެން ކުރިއަށް ދިޔުމަށް ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ވަނީ، މަރުޙަލާއަށް ދާއިރު، އެ ކުއްޖަކު ކުރިއަށް ދިއުމަށް އެންމެ ޝައުޤުވެރިވާ ދާއިރާއެއް ޚިޔާރުކުރުމަށް، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންނަށްވެސް އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެ ދަރިއަކީވެސް، ޤައުމަށް ބޭނުންތެރި، ހުނަރުވެރި މަސައްކަތްތެރިއަކަށް ހެއްދެވުމަށް މަސައްކަތް ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. މީގެ އިތުރުން، ކޮންމެ ދަރިވަރެއްގެ ކިބައިގައިވެސް، ކޮންމެވެސް ހުނަރެއް ނުވަތަ ހުނަރުތަކެއް ހުންނާނެކަން ޤަބޫލުކުރައްވައި، އެ ކުދިންގެ ކިބައިގައި ހުރި ހުނަރެއް ފާހަގަކޮށް، އެ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުޞަތުތައް ދަރިވަރުންނަށް ހޯއްދަވައި ދެއްވުމަށް ސްކޫލުތަކުގެ އިސްވެރިންނާއި މުދައްރިސުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
09 May 2023
ޚަބަރު
އިންޑިއާ އައުޓް ބެނާތައް ނެގި ފުލުހުންގެ އޮފިސަރުންގެ ނަންތައް ހާމަކުރަން ނުޖެހޭކަމަށް ހައިކޯޓުން ޙުކުމްކޮށްފި
ފުލުހުން އެމައުލޫމާތު ނުދިނުމުން، އެމައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށެޅުމުން، އައިކޮމްއިން ފުލުހުންގެ އިދާރާއަށް އެމައުލޫމާތު ދިނުމަށް އަންގާފައެވެ. އެމައްސަލަ ހައިކޯޓުގއި އިސްތިޢުނާފުކުރުމުން ހައިކޯޓުން ނިންމާފައި ވަނީ، އައިކޮމްގެ ނިންމުމަކީ އެއަށް އަމަލުކުރަން ނުޖެހޭނެ ބާޠިލް ނިންމުމެއް ކަމަށެވެ.
09 May 2023
ޚަބަރު
ސަރބިއާއާ ދިވެހިރާއްޖެއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއެކުރައްވައިފި
ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދު ވިދާޅުވީ، މި އެއްބަސްވުމަކީ، ދިވެހިރާއްޖެއާ ސާބިއާ އާއި ދެމެދު އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށްވެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި ދިވެހިރާއްޖެ އާއި ސަރބިއާއާ ދެމެދު ސޮއި ކުރެވުނު މިއެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓްތަކަށް އައު މާކެޓެއް ލިބި، ސަރބިއާއިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެކަމުގައިވެސް ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދު ވިދާޅުވިއެވެ.
09 May 2023
ޚަބަރު
ކުރިމިނަލް ކޯޓަށާއި ސިވިލްކޯޓަށް އިސް ޤާޟީން އައްޔަނުކުރައްވައިފި
ޖުޑީޝަލް ސާރވިސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ކްރިމިނަލް ކޯޓުގެ އިސްޤާޟީގެ މަޤާމަށް ހަމަޖައްސަވާފައި ވަނީ މިހާތަނަށް އެކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި، ޅ.ހިންނަވަރު، މާތިލަ، އަލްއުސްތާޛު އާދަމް މުޙައްމަދެވެ. އަދި ސިވިލްކޯޓުގެ އިސްޤާޟީގެ މަޤާމަށް ހަމަޖައްސަވާފައި ވަނީ މިހާތަނަށް އެކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި، ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދެވެ. ޖޭއެސްސީން ހާމަކުރައްވާފައިވާ ގޮތުގައި މިދެބޭފުޅުން އެކޯޓުތަކުގެ އިސްޤާޟީންގެ މަޤާމަށް ހަމަޖައްސަވާފައި ވަނީ، އެކަމަށް ކުރިމަތިލުމަށް ކޮމިޝަނުން ކޮށްފައިވާ 02 އިޢުލާންގެ ދަށުން މި ދެ މަޤާމަށް ކުރިމަތިލީ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހުގައެވެ.
09 May 2023
ޚަބަރު
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޞަފާ އައްޔަންކުރައްވައިފި
ޞަފާ ޝަފީޤަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން، މާސްޓަރ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓަރ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ. ޞަފާ ވަނީ، 2006 ވަނަ އަހަރުން ފެށިގެން، ޓީވީއެމްގެ ޕްރޮގްރާމްތައް ހުށައަޅުއްވަން ފަށްޓަވައިފައެވެ. އެންމެ ފަހުން ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއެމްގެ ޕްރެޒެންޓަރުގެ މަޤާމުގައެވެ.
08 May 2023
ޚަބަރު
ޤައުމެއް ޤައުމަކަށް ވަނީ ފަންނުވެރިން ކުރާ ބުރަ މަސައްކަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުއްޖެ
މިރޭފެށި މިފެސްޓިވަލާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ފެސްޓިވަލްގައިވެސް ތަފާތު ދާއިރާތަކުގެ ފަންނުވެރި އެތައް ދިވެހިންނެއް ބައިވެރިވާކަމީ، މީހުން ބިނާކުރުމަށް ސަރުކާރުން މިކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށެެވެ. އަދި މިފެސްޓިވަލުގައި ދިވެހި ފަންނުވެރިން ބައިވެރިވާ ކޮންމެ ދާއިރާއަކީވެސް، ޤައުމީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ، އުފެއްދުންތެރި ޒުވާނުން ބިނާ ކުރުންކަމަށެވެ. މިގޮތުން އެކަމުގައި ސަރުކާރުން މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވައި ލެއްވިއެވެ.
08 May 2023
ޚަބަރު
ފޮރިން މިނިސްޓްރީއަށް އާބި ނެތުމުގެ ފަޅުކަން އޮންނާނެ: މިނިސްޓަރ ޝާހިދު
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، ޢާބިދާ އަޙްމަދު ނިޔާވުމުގެ ހިތާމައިގައި ފޮނުއްވި ތަޢުޒިޔާގައެވެ. އުމުރުފުޅުން 66 އަހަރުފުޅުގައި ޢާބިދާ އަޙްމަދު ނިޔާވީ، މިއަދު މާލޭގައެވެ. ޖަނާޒާ އޮތީ، މިއަދުގެ ޢަޞުރު ނަމާދަށްފަހު، މަސްޖިދުއްތަޢާވުން އާސަހަރާ މިސްކިތުގައެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ، އާބިދާ އަހްމަދަކީ ޚާރިޖީ ޓީމުގެ އެއް ތަނބުކަމަށެވެ. އަދި ވަފާތެރިކަމާއި، ލޯތްބާއި، ޝައުގުވެރިކަމާއެކު 40 އަހަރަށްވުރެ ގިނަ ދުވަހު މިނިސްޓްރީއަށް ޚިދުމަތްކުރައްވާފައިވާ އާބިދާއަކީ އެންމެންގެ އެކުވެރިއެއްކަމުގައިވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
06 May 2023
ޚަބަރު
ރަސްދޫގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިލިމީހާ ހޯދަން އިޢުލާނުކޮށްފި
06 May 2023
ޚަބަރު
އިނގިރޭސި ރަސްގެފާނާއި ރާނީ ދެއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
06 May 2023
ޚަބަރު
ޕްރައިމަރީ ހެލްތުކެއަރ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތް ފ.އަތޮޅުގައި ފައްޓަވައިފި
މިރަސްމިއްޔާތުގައި ޕްރައިމަރީ ހެލްތް ކެއަރ ރެޖިސްޓްރީ އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، 1980 އާއި 1990ގެ އަހަރުތަކުގެތެރޭގައި ރާއްޖޭގައި ޕްރައިމަރީ ހެލްތް ކެއަރ ނިޒާމްގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އޭގެފަހުން އެކަމަށް އަޅާނުލެވި އޮތުމުގެ ސަބަބުން އަލުން ޕްރައިމަރީ ހެލްތް ކެއަރ ނިޒާމް ދިރުވައި ހަރުދަނާކުރަންޖެހިފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
06 May 2023
ޚަބަރު
ކޮމަންވެލްތުގެ ލީޑަރުންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި
06 May 2023
ޚަބަރު
ސަވައިކަލް ކެންސަރު ނައްތާލުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއްގައި ފަސްޓްލޭޑީ ބައިވެރިވެވަޑައިގެންފި
05 May 2023
ޚަބަރު
ބީއެމްއެލްއާ އެމެރިކަން އެކްސްޕްރެސްގެ ފައިދާ ކުރާނެ: ނައިބުރައީސް
ކުރުނބާ މޯލްޑިވްސް ރިޒޯޓުގައި ބޭއްވި މި ރަސްމިއްޔާތުގައި، އެމަނިކުފާނު ވަނީ ރާއްޖެއަކީ ފަތުރުވެރިކަމުގައި ދުނިޔޭގައި ނަން މަޝްހޫރު އަދި ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި ސިފަކުރައްވައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ރާއްޖެއިން އަދާކުރާ ފުރިހަމަ މެހުމާންދާރީކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު އެއް މަންޒިލަކަށް ވެގެންދިއުމުގެ މައިގަނޑު އެއް ސަބަބަކީވެސް ފަތުރުވެރިންނާމެދު ބަހައްޓާ ގާތް ރަޙްމަތްތެރިކަމާ އަދާކުރާ މެހުމާންދާރީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިންގެ ސަބަބުން އަދި މިހާރަށްވުރެ އިތުރު މީހުންނަށްވެސް ދިވެހިރާއްޖެ ތަޖުރިބާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.