Advertisement

ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް -- ފޮޓޯ: ރައީސް އޮފީސް

13 May 2023
ޚަބަރު
ޢަލީ ސުލައިމާން

ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދި ކޮންމެ ކާމިޔާބެއްގައި ޑަބްލިޔޫ.އެޗް.އޯ.ގެ ހިއްސާ ވަރަށް ބޮޑު: ރައީސް

ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދި ކޮންމެ ކާމިޔާބެއްގައި ޑަބްލިޔޫ.އެޗް.އޯ.ގެ ހިއްސާ ވަރަށް ބޮޑުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ބުރާސްފަތި ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔަގެ ވާހަކަފުޅުގައި ވިދާޅުވީ، ޑަބްލިޔޫ.އެޗް.އޯ.އާއި ދިވެހި ރައްޔިތުންނާ ދެމެދު ވަރަށް ދުވަސްވީ ވަރަށް ގާތް ގުޅުމެއް އެބައޮތްކަމަށެވެ. މިގޮތުން، ޑަބްލިޔޫ.އެޗް.އޯ.ގެ އޮފީހެއް ރާއްޖޭގައި ހުޅުވުނީ، ރާއްޖެއަށް މިނިވަންކަން ލިބުނު އަހަރު ކަމަށާއި އެހެން ނަމަވެސް އޭގެ އެތައް އަހަރެއް ކުރިން، ޑަބްލިޔޫ.އެޗް.އޯ.ގެ އެހީތެރިކަން ދިވެހިރާއްޖެއަށް ލިބެމުން އައިސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ، އދ. މަޖިލީހުގެ އިދާރާތަކުގެ ތެރެއިން ރާއްޖޭގައި ހުޅުވުނު އެންމެ ފުރަތަމަ އިދާރާއަކީވެސް ޑަބްލިޔޫ.އެޗް.އޯ. ކަމަށެވެ.

"ޑަބްލިޔޫ.އެޗް.އޯ.ގެ 75 އަހަރުގެ ތާރީޚަށް ބަލާއިރު، ދިވެހިންނަށް ޞިއްޙީ ދުޅަހެޔޮކަން ހޯދައިދީ، ބަލިތަކާއި ވަބާތަކުން ދިވެހިން ސަލާމަތް ކުރުމުގައި، ޑަބްލިޔޫ.އެޗް.އޯ. އަދާކުރި ދައުރު ވަރަށް މުހިންމު. ބަލިތަކާއި ވަބާތަކުން ދިވެހިން ރައްކާތެރިކުރުމަށް ދިވެހި ދައުލަތުގެ ފަރާތުން އުފުލި ކޮންމެ ބުރައެއްގައި، އެންމެ ފުރިހަމަ އެއްބާރުލުމެއް ދިނީ ޑަބްލިޔޫ.އެޗް.އޯ.އިން ކަން ޝުކުރުވެރިކަމާއެކު އަޅުގަނޑު މިރޭ ފާހަގަކުރަން. އަދި ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދި ކޮންމެ ކާމިޔާބެއްގައި ޑަބްލިޔޫ.އެޗް.އޯ.ގެ ހިއްސާ ވަރަށް ބޮޑު."

ރައީސުލްޖުމްހޫރިއްޔަ އިބްރާހީމް މުޙައްމަދު ޞާލިޙް

ޑަބުލިޔުއެޗްއޯއާއެކު ދިވެހިރާއްޖެއިން ހޯދި ކާމިޔާބީ ތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައި ލެއްވިއެވެ. މިގޮތުން، މުޅި ދުނިޔެއިންވެސް، މެލޭރިއާ އެންމެ ފުރަތަމަ ނައްތައިލި ޤައުމަކަށް ދިވެހިރާއްޖެ 2015 ވަނަ އަހަރު ވެގެން ދިއުމާއި، ދެކުނު އޭޝިއާއިން ފައިލޭރިއާ 2016 ވަނަ އަހަރު ނައްތައިލި ދެ ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނުމާއި، އަދި މި ސަރަޙައްދުން ހިމަބިހި ނައްތައިލުމަށް މުޅި ޤައުމުތައް އަމާޒު ހިފި 2020 ވަނަ އަހަރު އައުމުގެ ކުރިން، 2017 ވަނަ އަހަރު ހިމަބިހި ރާއްޖެއިން ނައްތައިލުން ވެގެންދިޔައީ، ޑަބްލިޔޫ.އެޗް.އޯ.ގެ އެހީތެރިކަމާއެކު، އަޅުގަނޑުމެންނަށް ހޯދުނު ވަރަށްބޮޑު ކާމިޔާބަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން، ޕޯލިއޯ އާއި ޓެޓްނަސް ވެސް ވަނީ ޑަބްލިޔޫ.އެޗް.އޯ.ގެ އެހީތެރިކަމާއެކު ރާއްޖެއިން ނައްތާލެވިފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރުގެ ތެރޭގައިވެސް އެފަދަ ކާމިޔާބެއް ދިވެހިރާއްޖެ ޙާޞިލުކުރިކަމަށާ، ރާއްޖެއަކީ، މައިންގެ ފަރާތުން (ބަނޑުގައިވާ) ތުއްތު ދަރިފުޅަށް އެޗް.އައި.ވީ. އާއި ސިފިލިސް ވާސިލުނުވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީވެސް، ހަމަ މިދެންނެވިހެން ޑަބްލިޔޫ.އެޗް.އޯ.ގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ރުބެއްލާ ބަލި ނައްތައިލެވިފައިވާ ޤައުމެއްގެ ގޮތުގައި 2020 ވަނަ އަހަރު ރާއްޖެ ކަނޑައެޅުނީވެސް، ހަމަ ޑަބްލިޔޫ.އެޗް.އޯ.ގެ ވަރަށް މުހިންމު ދައުރަކާ އެކުގައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދުނިޔެއަށް ކުރިމަތިވި ކޯވިޑް 19ގެ ޢާލަމީ ވަބާގައި، މުޅި އޭޝިޔާ ސަރަޙައްދުންވެސް، އެންމެ ފުރަތަމަ ކޯވިޑް ކޮންޓްރޯލްކުރި އެއް ޤައުމަށް ރާއްޖެ ވެގެންދިޔައީވެސް، ޑަބްލިޔޫ.އެޗް.އޯ.ގެ ވަރަށް ފުރިހަމަ އެހީތެރިކަމެއް ލިބިގެންކަން، ޝުކުރުވެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.