Advertisement

އަލަށް އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ ތްރީޑީ ކުރެހުމެއް -- ފޮޓޯ: ހެލްތު

13 May 2023
ޚަބަރު
ޢަލީ ސުލައިމާން

ކުވައިތު ފަންޑުގެ އެހީގައި އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ މަސައްކަތް މިހަފްތާގައި ހަވާލުކުރަނީ

ކުވައިތު ފަންޑުގެ އެހީގައި 7 ރަށެއްގައި އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ މަސައްކަތް މިހަފްތާގައި ކުންފުނިތަކާއި ހަވާލުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލް އަޤުވާމީ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅުތަކުގައި، އެކި ރަށްރަށުގައި، އަޅުގަނޑުމެން އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކުގެ މަސައްކަތްވެސް ކުރިއަށް އެބަދާކަމަށެވެ. މިގޮތުން އެމަސައްކަތުގެ ތަފްޞީލްތައް ޙިއްޞާކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 7 އަތޮޅެއްގެ 7 ރަށެއްގައި ކުވައިތު ފަންޑުގެ އެހީގައި އެޅުމަށް ސަރުކާރުން ނިންމާފައި އޮތް 7 ހޮސްޕިޓަލްގެ ބީލަމުގެ މަރުޙަލާ ނިމި، މަސައްކަތްކުރާނެ ބަޔަކު ހޮވި، މިހަފްތާތެރޭގައި އެ މަސައްކަތް ކުންފުނިތަކާ ހަވާލު ކުރައްވާނެ ކަމަށެވެ.

މިހޮސްޕިޓަލްތައް އެޅުމަށް ސަރުކާރުން ނިންމާފައި ވަނީ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ.ވިލުފުށީގައެވެ. މިއިން ކޮންމެ ރަށެއްގައިވެސް އެޅުމަށް ނިންމާފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީއާ އެކު، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުން ކަމަށެވެ. މިގޮތުން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ޑިޖިޓަލް އެކްސްރޭ ޤާއިމުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން މިހާރު ކުރަމުން ގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.