Advertisement

ސިވިލް ކޯޓުގެ އިސްޤާޟީ ކަމަށް އައްޔަނުކުރެއްވި، ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދުއަށް މަޤާމުގެ ލިޔުން ހަވާލުކުރެއްވުން --- ފޮޓޯ: ޖޭއެސްސީ

09 May 2023
ޚަބަރު
ޢަލީ ސުލައިމާން

ކުރިމިނަލް ކޯޓަށާއި ސިވިލްކޯޓަށް އިސް ޤާޟީން އައްޔަނުކުރައްވައިފި

ސިވިލް ކޯޓުގެ އިސްޤާޟީ އަދި ކްރިމިނަލް ކޯޓުގެ އިސްޤާޟީ ކަމަށް ދެ ޤާޟީއަކު އައްޔަނުކުރައްވައިފިއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ކްރިމިނަލް ކޯޓުގެ އިސްޤާޟީގެ މަޤާމަށް ހަމަޖައްސަވާފައި ވަނީ މިހާތަނަށް އެކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި، ޅ.ހިންނަވަރު، މާތިލަ، އަލްއުސްތާޛު އާދަމް މުޙައްމަދެވެ. އަދި ސިވިލްކޯޓުގެ އިސްޤާޟީގެ މަޤާމަށް ހަމަޖައްސަވާފައި ވަނީ މިހާތަނަށް އެކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި، ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދެވެ.

ޖޭއެސްސީން ހާމަކުރައްވާފައިވާ ގޮތުގައި މިދެބޭފުޅުން އެކޯޓުތަކުގެ އިސްޤާޟީންގެ މަޤާމަށް ހަމަޖައްސަވާފައި ވަނީ، އެކަމަށް ކުރިމަތިލުމަށް ކޮމިޝަނުން ކޮށްފައިވާ 02 އިޢުލާންގެ ދަށުން މި ދެ މަޤާމަށް ކުރިމަތިލީ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހުގައެވެ.

އިސްޤާޟީ ކަމަށް މި ދެބޭފުޅުން ހަމަޖެއްސުމަށް 2023 މޭ 03 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާ، 2023 މޭ 09 ވަނަ ދުވަހު ވަނީ މަޤާމުގެ ލިޔުންދެއްވާފައި ކަމަށްވެސް ޖޭއެސްސީން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.