Advertisement

ދިވެހިރާއްޖޭގެ ހައިކޯޓު --

09 May 2023
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާ އައުޓް ބެނާތައް ނެގި ފުލުހުންގެ އޮފިސަރުންގެ ނަންތައް ހާމަކުރަން ނުޖެހޭކަމަށް ހައިކޯޓުން ޙުކުމްކޮށްފި

އިންޑިއާ އައުޓް ބެނާތައް ނެގި ފުލުހުންގެ އޮފިސަރުންގެ ނަންތައް ހާމަކުރުމަށް، އައިކޮމްއިން އެންގި އެންގުން ހައިކޯޓުން ބާޠިލްކޮށްފިއެވެ.

ބެނާތައް ނެގި ފުލުހުންގެ ނަންތައް ހޯދުމަށް ހުށައަޅާފައި ވަނީ، އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ އަދި އެފަރާތްތަކުގެ މަސްލަޙަތު އޮންނަ ނޫހެއްގެ ނޫސްވެރިއެކެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެފަރާތުން، ފުލުހުންގެ ޚިދުމަތަށް ހުށައެޅީ، އިންޑިއާ އާ ދެކޮޅު ބެނާތައް ނަގަން އަމުރު ކުރި ފުލުހުންގެ އިސް އޮފިސަރުންގެ ނަންތައް ހޯދުމަށާއި އަދި އެކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ފުލުހުންގެ އޮފިސަރުންގެ ނަންތައް ހޯދުމަށެވެ.

ފުލުހުން އެމައުލޫމާތު ނުދިނުމުން، އެމައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށެޅުމުން، އައިކޮމްއިން ފުލުހުންގެ އިދާރާއަށް އެމައުލޫމާތު ދިނުމަށް އަންގާފައެވެ. އެމައްސަލަ ހައިކޯޓުގއި އިސްތިޢުނާފުކުރުމުން ހައިކޯޓުން ނިންމާފައި ވަނީ، އައިކޮމްގެ ނިންމުމަކީ އެއަށް އަމަލުކުރަން ނުޖެހޭނެ ބާޠިލް ނިންމުމެއް ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕޭނަކީ އިދިކޮޅު ސިޔާސީ ޕާޓީތައް ކަމުގައިވާ، ޕީޕީއެމާއި ޕީއެންސީން ކުރިޔަށް ގެންދިޔަ ކެމްޕޭނެކެވެ. އެ ކެމްޕޭނަކީ ސިޔާސީ ބޭނުމަށް އަދި ސިޔާސީ މަޤުޞަދެއްގައި ކުރިޔަށް ގެންދިޔަ ކެމްޕޭނެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.