Advertisement

ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 ބައްލަވާ ލައްވަނީ --- ފޮޓޯ: ރައީސް އޮފީސް

09 May 2023
ޚަބަރު
ޢަލީ ސުލައިމާން

އެންމެ ޝައުޤުވެރިވާ މަސައްކަތަކާއިގެން ކުރިއަށް ދިޔުމަށް ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި

ޒުވާނުން އެންމެ ޝައުޤުވެރިވާ މަސައްކަތަކާއިގެން ކުރިއަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ. 

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިފެސްޓިވަލް ކުރިޔަށް ދަނީ ސޯޝަލް ސެންޓަރުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ކޮންމެ ޒުވާނަކީވެސް އެމީހެއްގެ ކިބައިގައި ކޮންމެވެސް ހުނަރެއް ހުންނާނޭ މީހެއް ކަމަށެވެ. އެހެންކަމުން ތިމާގެ ކިބައިގައި ހުރީ ކޮން ހުނަރެއްތޯ ބަލައި، އެމީހަކު އެންމެ ޝައުޤުވެރިވާ މަސައްކަތަކާއިގެން ކުރިއަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. 

"ތިޔަ ޒުވާނުން ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިއުމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް އެހީތެރިކަން ފޯރުކޮށްދޭނެ. ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީން އިންތިޒާމުކުރި މި ފެސްޓިވަލަކީ، ފަންނުވެރިކަމުގެ ދާއިރާއިން ތިޔަ ޒުވާނުންނަށްޓަކައި ފަހިކޮށްދިން ވަރަށް ފަހި ފުރުޞަތެއް ކަމުގައި އަޅުގަނޑު ދެކެން."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މަރުޙަލާއަށް ދާއިރު، އެ ކުއްޖަކު ކުރިއަށް ދިއުމަށް އެންމެ ޝައުޤުވެރިވާ ދާއިރާއެއް ޚިޔާރުކުރުމަށް، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންނަށްވެސް އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެ ދަރިއަކީވެސް، ޤައުމަށް ބޭނުންތެރި، ހުނަރުވެރި މަސައްކަތްތެރިއަކަށް ހެއްދެވުމަށް މަސައްކަތް ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. މީގެ އިތުރުން، ކޮންމެ ދަރިވަރެއްގެ ކިބައިގައިވެސް، ކޮންމެވެސް ހުނަރެއް ނުވަތަ ހުނަރުތަކެއް ހުންނާނެކަން ޤަބޫލުކުރައްވައި، އެ ކުދިންގެ ކިބައިގައި ހުރި ހުނަރެއް ފާހަގަކޮށް، އެ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުޞަތުތައް ދަރިވަރުންނަށް ހޯއްދަވައި ދެއްވުމަށް ސްކޫލުތަކުގެ އިސްވެރިންނާއި މުދައްރިސުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަރިވަރުންނާއި ޒުވާނުންގެ މިޞްރާބު އެމަގަށް ސީދާކޮށްދެވިއްޖިއްޔާ، ސަރުކާރުން ފައްޓަވާފައިވާ، މީހުން ބިނާކުރުމުގެ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަން މާގިނަ ދުވަސްތަކެއް ނުނަގާނެކަމަށާ އަދި ޤައުމީ ތަރައްޤީގެ ދުވެލިވެސް މިހާރަށްވުރެ އެތައް ގުނައެއް ހަލުވިވެގެން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.