Advertisement

ޢާބިދާ އަޙުމަދާއި ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު ސަލާމް ކުރައްވަނީ ---

08 May 2023
ޚަބަރު
ޢަލީ ސުލައިމާން

ފޮރިން މިނިސްޓްރީއަށް އާބި ނެތުމުގެ ފަޅުކަން އޮންނާނެ: މިނިސްޓަރ ޝާހިދު

ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގައި 37 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވި، މ. އެންދެރިމާގޭ އާބިދާ އަޙްމަދު ނެތްކަމުގެ އިޙްސާސް އަބަދުވެސް ކުރެއްވޭނެ ކަމުގައި ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، ޢާބިދާ އަޙްމަދު ނިޔާވުމުގެ ހިތާމައިގައި ފޮނުއްވި ތަޢުޒިޔާގައެވެ.

އުމުރުފުޅުން 66 އަހަރުފުޅުގައި ޢާބިދާ އަޙްމަދު ނިޔާވީ، މިއަދު މާލޭގައެވެ. ޖަނާޒާ އޮތީ، މިއަދުގެ ޢަޞުރު ނަމާދަށްފަހު، މަސްޖިދުއްތަޢާވުން އާސަހަރާ މިސްކިތުގައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، އާބިދާ އަހްމަދަކީ ޚާރިޖީ ޓީމުގެ އެއް ތަނބުކަމަށެވެ. އަދި ވަފާތެރިކަމާއި، ލޯތްބާއި، ޝައުގުވެރިކަމާއެކު 40 އަހަރަށްވުރެ ގިނަ ދުވަހު މިނިސްޓްރީއަށް ޚިދުމަތްކުރައްވާފައިވާ އާބިދާއަކީ އެންމެންގެ އެކުވެރިއެއްކަމުގައިވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

"އާބިގެ ހަނދާން މި މިނިސްޓްރީގެ މުވައްޒަފުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންނުދާނެ. އާބި ނެތްކަމުގެ އިހުސާސް އަބަދުވެސް ވާނެ. މާތްﷲ ސުބުޙާނަހޫ ވަތަޢާލާ މަރްހޫމާގެ ފާފަފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި. އާބިގެ އާއިލާއަށާއި ގާތްތިމާގެ އެންމެނަށް މި ހިތްދަތި ދަނޑިވަޅުގައި ކެތްތެރިކަން ދެއްވާށި. އާމީން."

ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު

އަލްފާޟިލް ޢާބިދާ އަހުމަދު ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ އުމުރުން 16 އަހަރުގައެވެ. އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ޚާރިޖީ ދާއިރާގައެވެ. މިގޮތުން 1985 އިންް ފެށިގެން 37 އަހަރަށް ވުރެ ގިނަ ދުވަހު އެމިނިސްޓްރީގައި ޚިދުމަތް ކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.