ޚަބަރު
ޚަބަރު
15 May 2023
ޚަބަރު
ގދ. ތިނަދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފި
ގދ. ތިނަދޫގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓިން، ސެނޮކް ޓްރޭޑް ކޮމްބައިން (ޕްރައިވެޓް) ލިމިޓެޑްއާ ހަވާލުކުރައްވައިގެންނެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއެކޮށްފައި ވަނީ 2019 އޮކްޓޫބަރު މަހުގެ 13ވަނަ ދުވަހުގައެވެ. ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ކުރިޔަށް ގެންދިޔަ މިމަޝްރޫޢުގެ އަގަކީ، 16.8 މިލިޔަން ރުފިޔާއެވެ.
14 May 2023
ޚަބަރު
ސަރަނގު އާދަމް މަނިކުވެސް ރައީސް ނަޝީދު ދޫކޮށްލައްވައި ރައީސް ޞާލިހްގެ ފަހަތްޕުޅަށް
ރައީސް ސޯލިޙަށް ތާއީދު ކުރައްވާ ފަރާތްތަކުން ވަނީ މިކަން ހާމަކޮށް، ސަރަނގު އާދަމް މަނިކާއިއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ރައީސް ޞާލިހަށް ތާއީދުކުރައްވައިގެން ތިއްބެވި ބައެއް ބޭފުޅުންނާއި އެކު މެންދުރުގެ ކެއުމަކަށް އިންސާފުކުރާ މަންޒަރު ފެންނަ ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. ޖެނުއަރީ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ސަރަނގު އާދަމް މަނިކު ހުންނެވީ، ރައީސް ނަޝީދާއި އެއްކޮޅަށެވެ. އަދި ރައީސް ނަޝީދަށް އާދަމް މަނިކު ވަރަށް ބޮޑަށް ކެމްޕޭންވެސް ކޮށްދެއްވިއެވެ. އެހެން ނަމަވެސް އިންތިޚާބުން ރައީސް ނަޝީދު ބަލިވެވަޑައިގެންނެވުމަށްފަހުގައި ޕްރައިމަރީގެ ނަތީޖާ ޤަބޫލު ނުކުރައްވައި، އެމަނިކުފާނު އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން"ގެ ނަމުގައި އުފެއްދި ވަކިފެކްޝަންގައި އާދަމް މަނިކު ބައިވެރިވެވަޑައި ނުގެން ހުންނެވީ، ހިމޭނުންނެވެ.
14 May 2023
ޚަބަރު
ފޯކައިދޫ ޞިއްޙީމަރުކަޒާއި، ގއ އަތޮޅު ހޮސްޕިޓަލްގެ މަސައްކަތްތައް ދެކުންފުންޏަކާއި ހަވާލުކޮށްފި
14 May 2023
ޚަބަރު
ކުވައިތު ފަންޑުގެ އެހީގައި 7 ރަށެއްގައި އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ އެއްބަސްވުންތަކުގައި ހޯމަ ދުވަހު ސޮއެކުރަނީ
އެމިނިސްޓްރީން ވިދާޅުވީ، މާދަމާ އެއްބަސްވުންތަކުގައި ސޮއެކުރުމަށް ހަމަޖެހިފައި ވަނީ، ހދ.ހަނިމާދޫ، ށ.މިލަންދޫ، ނ.ވެލިދޫ، ކ.ތުލުސްދޫ، އދ.މާމިގިލި، ވ.ފެލިދޫ އަދި ތ.ވިލުފުށީގައި އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ އެއްބަސްވުމުގައެވެ. ކުވައިތު ފަންޑުގެ އެހީގައި އިމާރާތްކުރާ މި ހޮސްޕިޓަލްތަކަކީ 30 އެނދުގެ ހޮސްޕިޓަލްތަކެވެ. މިއަހަރުގެ ބައިނަލްއަޤުވާމީ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިހޮސްޕިޓަލްތަކުގެ ބީލަން ނިމި މިހަފްތާގެެ ތެރޭގައި މަސައްކަތްތައް ކުންފުނިތަކާއި ހަވާލުކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.
14 May 2023
ޚަބަރު
އާސަންދައިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޢުލޫމާތު ހޯދަނީ
އެކުންފުނިން ބުނީ، މިފަދަ ކަންކަމުގައި އުޅުއްވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އުޖޫރަ ލިބޭ ގޮތަށް އެމަސައްކަތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާކަމަށެވެ. މިގޮތުން މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 17 މެއި 2023 ވާ ބުދަ ދުވަހުގެ 15:30 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދޭކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.
14 May 2023
ޚަބަރު
ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 ނިންމާލައިފި
ރާއްޖޭގައި ބޭއްވުނު ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 އަކީ، މިހާތަނަށް ރާއްޖޭގައި ބޭއްވުނު ހަމައެކަނި މިފަދަ އިންޓަރނޭޝަނަލް ފެސްޓިވަލެވެ. މެއި 8 ވަނަ ދުވަހުގެ ރޭ މި ފެސްޓިވަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ފެސްޓިވަލް ހުުޅުއްވައި ދެއްވުަމަށްފަހު އެމަނިކުފާު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ތިބި ފަންނުވެރިންނާއި ހުނަރުވެރީން އަދި މަސައްކަތްތެރީންކުރައްވާފައިވާ އަގުހުރި ތާރީޚީ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ދިވެހިރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންނެއްގެ ފާޑުވެރިކަމަށް ހެކިދޭ ދިގު ތާރީޚެއް އޮތް ޤައުމެއްކަން ފާހަގަކުރައްވައި ރާއްޖޭގައި ފެންނަންހުރި ފަންނުވެރި އާސާރުތަކުގެ މިސާލުތައް އެމަނިކުފާނު ދެއްކެވިއެވެ.
14 May 2023
ޚަބަރު
ސަޢޫދީ އަރަބިއްޔާ އާއި ދިވެހިރާއްޖެއިން އިޤުތިޞާދީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި
ސަޢޫދީ އަރަބިއްޔާއި ދިވެހި ރާއްޖެއިން އިޤުތިޞާދީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މިމަޝްވަރާކުރައްވާފައި ވަނީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ 48ވަނަ އަހަރީ އާއްމު ބައްދަލުވުަގައި ބައިވެރިވެވަޑައިގެންނެވުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސައޫދީ އަރަބިއްޔާގެ ފިނޭންސް މިނިސްޓަރ މުޙައްމަދު ޢަބުދުﷲ ޢަބުދުލްޢަޒީޒް އަލް ޖަދުޢާން އާއި އެކު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ. މިބައްދަލުވުމާއި ގުޅޭ ގޮތުން، ސައޫދީ އަރަބިއްޔާގެ ފިނޭންސް މިނިސްޓަރ މުޙައްމަދު ޢަބުދުﷲ ޢަބުދުލްޢަޒީޒް އަލް ޖަދުޢާން ވިދާޅުވީ، ރާއްޖޭގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގޮތުންނާއި މާލީ ގޮތުން ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
14 May 2023
ޚަބަރު
ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ މެއި 29ގައި ބޭއްވުމަށް ނިންމައިފި
އަހަރީ އާއްމު ޖަލްސާއަށް އެޖެންޑާކޮށްފައިވާ މުހިންމު ކަންކަމުގެ ތެެރޭގައި، މިއަހަރުގެ ޖެނުއަރީ މަހު ބޭއްވުނު ޚާއްޞަ ގޮތުން ބޭއްވި އާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، ނިމިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި ނިމިދިޔަ އަހަރުގެ ބެލެންސް ޝީޓާއި އާމްދަނީގެ ބަޔާން ފާސްކުރުން ހިމެނެއެވެ. މީގެ އިތުރުން، ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސްކުރުންވެސް މިޖަލްސާގައި އޮންނާނެއެވެ.
14 May 2023
ޚަބަރު
ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭގެ ލައިޓްޖަހައި ނިމި ޓެސްޓް ދަތުރުކޮށްފި
14 May 2023
ޚަބަރު
ބަލިމީހާގެ އެންމެ ގާތްއެކުވެރިންނަކީ ނަރުހުން - ފަސްޓް ލޭޑީ
ފަސްޓްލޭޑީ ފަޒްނާ ވިދާޅުވީ، ޞިއްޙީ ނުރައްކާ ކުރިމަތިވާހިނދު އެކަންކަން ހައްލުކޮށް އަމާން އައްސޭރިއަކަށް ވާސިލުކޮށްދިނުމުގެ ހިތްވަރާއި ކުޅަދާނަކަމާއި ކެރުންތެރިކަމާއި ކަންކުރަންވީ އެންމެ ތޫނުފިލިގޮތް ދަންނަ އެއްބަޔަކީވެސް ނަރުހުން ކަމަށެވެ. މީގެ އިތުރުން އެކަމަނާ ވަނީ ނަރުހުންނަކީ އަބަދުވެސް އެމީހުންގެ އަމިއްލަ ދަތިތަކުގެ ބުރައަށްވުރެ، އެމީހުންނަކީ ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރު އަދާކުރާ ބައެއްކަމުގެ އިހުސާސްތަކުން އުފަލާއި ހިންހަމަޖެހުން ލިބިގަންނަ ހިތްވަރުގަދަ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
14 May 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަނގުލަދޭޝްގެ ރައީސާ ބައްދަލުކުރައްވައިފި
މިބައްދަލުކުރެއްވުން އޮތީ، 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްގެއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ބަންގްލަދޭޝްގެ ރިޔާސީގަނޑުވަރު ގައެވެ.މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ، ބަންގްލަދޭޝްގެ އައު ރައީސްގެ މަޤާމާއި މުޙައްމަދު ޝަހާބުއްދީން ހަވާލުވެވަޑައިގެންވުމާއި ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން ތަޙްނިޔާ ވިދާޅުވެފައެވެ.
14 May 2023
ޚަބަރު
އަތޮޅުތެރޭގައި ގެވެށި ގުޅުން ކެމްޕެއިންގެ ހަރަކާތްތަށް ކުރިއަށް ގެންދިޔުމަށް މީހުން ތަމްރީނުކޮށްފި
އެމިނިސްޓްރީން ވިދާޅުވީ، ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ރަށްރަށުގައި ބަދަހި އާއިލީ ގުޅުން ގާއިމްކުރުމަށް ހިންގުމަށް ރޭވިފައިވާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް މިހާތަނަށް 17 އަތޮޅެއްގެ 134 ރަށެއްގައި ހިންގިފައިވާ ކަމަށެވެ. މިގޮތުން، ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ފެސިލިޓޭޓަރުން ތަމްރީނުކުރުމަށް ހިންގާ މި ޕްރޮގްރާމްގެ މަޤްސަދަކީ ގެވެށި އަނިޔާ އަދި ޢާއިލީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރަށްރަށުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ކުރިއަށްގެންދާނެ މީހުން ތަމްރީނުކުރުން ކަމަށާއި، މިގޮތުން ކޮންމެ އަތޮޅެއްގައިވެސް، ހުރިހާ ރަށަކުން މީހުން ބައިވެރިކޮށްގެން ދެ ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް އެމިނިސްޓްރީން އަންނަނީ ހިންގަމުން ކަމުގައި ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.
13 May 2023
ޚަބަރު
ކޯވިޑް-19 އިޖާބައިގެ ޚުލާޞާ ރިޕޯޓް އާއްމުކޮށްފި
މިރިޕޯޓް ރަސްމީކޮށް ނެރެދެއްވީ، މިއަހަރުގެ ސިއްޙަތު ދުވަހާއި ގުޅުވައިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ކޯވިޑް-19 އިޖާބައިގެ ޚުލާޞާ ރިޕޯޓްގައި ވަނީ، ރާއްޖެއިން ކޯވިޑް-19އަށް އިޖާބަ ދިނުމުގެ ގޮތުން ކުރި މަސައްކަތްތަކުގެ ބައެއް ތަފްޞީލްތައް ހިމަނާފައެވެ. މިގޮތުން މިހާތަނަށް ކޯވިޑް-19ގެ ހަތަރު ރާޅެއް ރާއްޖެއިން ތަޖުރިބާކުރި އިރު އެކަންކަމަށް ތައްޔާރުވުމުގެ ގޮތުން، އެނދުތައް އިތުރު ކުރުމާއި ޓެސްޓް ކެޕޭސިޓީ އިތުރުކުރުން ހިމެނެއެވެ.
13 May 2023
ޚަބަރު
މެމްބަރު ޒަރީރަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މެމްބަރު ޒަރީރަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 21 އަހަރާއި 22 އަހަރުގެ ދިވެހި ދެފިރިހެނުން ކަމަށެވެ. އެދެމީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހުގެ ރޭގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަސް ހާޟިރުކުރުމުން އެ ދެމީހުންގެ ބަންދަށް ކްރިމިނަލްކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމުގައި ފުުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
13 May 2023
ޚަބަރު
ކޮޗިންގ އެއާޕޯޓުން ޑްރަގާއިއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި
13 May 2023
ޚަބަރު
ހުޅުމާލެ ފޭސް 2ގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްވި ޒުވާނާ ނިޔާވެއްޖެ
މިމަހުގެ ދެވަނަ ދުވަހު ހުޅުމާލެ ފޭސް 2ގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި، އަނިޔާވީ، ހދ. ނެއްލައިދޫ، އަހްމަދު ޒައިން، (20އ) އަށެެވެ. އޭނާ ނިޔާވީ އެކްސިޑެންޓްގައި ބޮލަށް ލިބުނު ގެއްލުންތަކާއި ގުޅިގެން ހޭނާރައި އޮވެއެވެ. އަނިޔާވި އެޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައި ވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އޭގެ ފަހުން އައިޖީއެމްއެޗަށް އެޒުވާނާ ބަދަލުކުރި އިރުވެސް އޮތީ ވެންޓިލޭޓަރުގައެވެ.