Advertisement

މޯލްޑިވިއަންގެ ފްލައިޓެއް --

14 May 2023
ޚަބަރު
ޢަލީ ސުލައިމާން

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭގެ ލައިޓްޖަހައި ނިމި ޓެސްޓް ދަތުރުކޮށްފި

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭގެ ލައިޓްޖަހައި ނިމި ޓެސްޓް ދަތުރުކޮށްފިއެވެ.

ކުޅުދުއްފުށި އެއާޕޯޓް ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރޭގަނޑު އެއާޕޯޓަށް ފްލައިޓް ޖެއްސުމަށްޓަކައި ރަންވޭގެ ލައިޓިންގ ސިސްޓަމް ޤާއިމްކޮށް ނިންމައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައި ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސާފައިވާ ކަމަށެވެ.

މިއީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) ހިންގާ ހަ އެއާޕޯޓުގެ ތެރެއިން ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ ގޮތަށް މިހާރު ތަރައްޤީކުރެވިފައިވާ 4 ވަނަ އެއާޕޯޓެވެ.

ކުޅުދުއްފުށީ އެއާޕޯޓް ބިނާކޮށްފައި ވަނީ، ކުޅުދުއްފުށީގައި އޮތް މަށިކުޅިން ބައެއް ހިއްކައިގެން 2018 ވަނަ އަހަރު ރައީސް ޔާމީނުގެ ސަރުކާރުންނެވެ. އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައި، ރައީސް ޔާމީނު އެއާޕޯޓު ހުޅުއްވައި ދެއްވި އިރު އެ އެއާޕޯޓުގައި އޮތީ ރަންވޭގެ ތާރުގަނޑު އެކަންޏެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.