Advertisement

އެމްޑީޕީގެ ފިޔަވަޅު އަޅާކޮމިޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން ---

15 May 2023
ޚަބަރު
ޢަލީ ސުލައިމާން

މެމްބަރު ޢަލީ އާޒިމް އެމްޑީޕީން ވަކިވެފައިވާ ކަމަށް ފިޔަވަޅުއަޅާ ކޮމިޓީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގައި މެދު ހެންވޭރު ދާއިރާ ތަމްސީލްކުރައްވާ އެމްޑީޕީގެ މެމްބަރު ޢަލީ އާޒިމް އެޕާޓިން ވަކިވެއްޖެ ކަމުގައި އެމްޑީޕީގެ ފިޔަވަޅު އަޅާކޮމިޓީން ނިންމައިފިއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާކޮމިޓީން މިގޮތަށް ނިންމި ނަމަވެސް އެކަމާއި ގުޅޭ ގޮތުން އަދި އެމްޑީޕީން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ. މެމްބަރު ޢާޒިމް އެމްޑީޕީން ވަކިވެއްޖެ ކަމުގައި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމި އިރު، ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއެކުރެއްވި މެމްބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އޮތީ ވިދާޅުވެފައެވެ. އަދި އާޒިމްގެ މައްސަލަ ފިޔަވަޅު އަޅާކޮމިޓީއަށް ފޮނުވީވެސް އަސްލަމެވެ.

މެމްބަރު ޢަލީ އާޒިމްގެންދަވަނީ މިފަހުން އެމްޑީޕީ ސަރުކާރާއި ދެކޮޅަށް އަދި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްއާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރައްވަމުންނެވެ. އަދި އެމްޑީޕީގެ އަސާސްތައް މުގުރާލައްވައި، އިދިކޮޅުން އުފައްދާފައިވާ ޗާގޯސް ކޯލިޝަންގައި ޕާޓީގެ ބަހެއް ނެތި އަމިއްލަ ފުޅަށް ބައިވެރިވެވަޑައިގެން އެމްޑީޕީގެ ނަމުގައި ތަމްސީލް ކުރައްވާފައިވެސް ވެއެވެ، މިގޮތުން ޗާގޯސް ކޯލިޝަނުން ބާއްވަމުން އަންނަ ބައްދަލުވުންތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް އާޒިމް އައީ ބައިވެރިވެވަޑައިގަންނަަވަމުންނެވެ. އެމްޑީޕީ ސަރުކާރާއި ދެކޮޅަށް ޢަލީ އާޒިމް ނުކުންނެވީ، ރައީސް ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެ ވަޑައިެންނެވުމާއި އެކު އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދު އުފެއްދެވި ފެކްޝަން "ފިކުރެއްގެ ދިރުން" އާއެކު ގުޅިވަޑައިގެން މަސައްކަތް ކުރައްވަން ފެއްޓެވުމަށް ފަހުގައެވެ.

މެމްބަރު ޢަލީ އާޒިމް --

މެމްބަރު ޢަލީ އާޒިމްގެ މައްސަލައިގައި މިއަދު ހަވީރު ބޭއްވި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައި ވަނީ، ޕާޓީގެ އަސާސީ ޤަވާއިދުގެ 19 ވަނަ މާއްދާގެ (ހ)ގެ ދަށުން ޢާޒިމް ޕާޓީން ވަކިވެފައިވާ ކަމަށެވެ. މިއީ އެމްޑީޕީގެ މަޖިލިސް މެމްބަރުކަމުގައި ހުންނަވަނިކޮށް އެމްޑީޕީން ވަކިކުރެއްވި 2 ވަނަ ބޭފުޅާއެވެ. އެންމެ ފުރަތަަމަ އެމްޑީީޕީގެ މަޖިލިސް މެމްބަރަކު ޕާޓީން ފިޔަވަޅު އަޅައި ވަކިކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކެވެ. މޫސައާއި އެކުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު، އަދި އެމްޑީޕީގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އަލްޙާން ފަހުމީވެސް އެމްޑީޕީން ވަކިކުރެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.