Advertisement

ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު --

15 May 2023
ޚަބަރު
ޢަލީ ސުލައިމާން

މެންދުރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައި ހަވީރުވިއިރު އަނބުރާ ނަގައިފި

އިދިކޮޅު ޕާޓީތަަކުން ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދުގެ ޢިތުބާރު ނެތްކަމުގެ މައްސަލަ މިއަދު މެންދުރު ހުށައެޅުމަށް ފަހު ހަވީރު ނުވަނީސް މައްސަލަ އަނބުރާ ނަގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހުށައެޅި ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލަ އަނބުރާ ގެންދިޔައިރު އެމައްސަލަ އަނބުރާ ނެގީ ކީއްވެކަން މައްސަލަ ހުށައެޅި ފަރާތުން އަންގާފައި ނުވާ ކަމަށެވެ.

ޝާހިދުގެ އިތުބާރު ނެތްތަކުގެ މައްސަލަ މަޖިލީހަށް ވެއްދީ، ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރަކު ސޮއެކުރައްވައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ މެމްބަރުންނާއި، ޕީއެންސީގެ މެމްބަރުންނާއި ޖުމްހޫރީޕާޓީގެ އެއް މެމްބަރެވެ. ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން ޝާހިދު މަޤާމުން ވަކިކުރެއްވުމަށް އިތުބާރުނެތްކަމުގެ މައްސަލައިގައި ސޮއެ ކުރައްވާފައި ވަނީ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިނެވެ.

އިދިކޮޅުން ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތާއި، ފޮރިންގ މިނިސްޓަރ ޢަބުދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަަލަ މަޖިލީހަށް ހުށައެޅީ މޮރިޝަސް އާއި ރާއްޖެއިން ކަނޑުގެ އިން ވަކިކުރި މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލީ ކަމަށް ބުނެ ކުރާ ތުހުމަތު ތަކާއި ގުޅުވައިގެންނެވެ.

މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ވެއްދި ނަމަވެސް އެފަރާތްތަކަށް މިނިސްޓަރަކު މަޤާމުން ވަކިކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ނުލިބޭނެ ކަމުގައި އިދިކޮޅު މެމްބަރުންވެސް ވިދާޅުވެއެވެ.

މިނިސްޓަރެއްގެ ޢިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކޮށް މަޤާމުން ވަކިކުރެވޭނީ 43 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެހެންނަމަވެސް އެއަދަދާއި ގާތްކުރާ އަދަދަކަަށްވެސް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުންނެއް ނެތެވެ.

ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އިރު މިހާރުވެސް އެމަނިކުފާނު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން ޖަޕާނުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.