Advertisement

ސްޕްރީމް ކޯޓުގައި މިރޭ ބޭއްވި ހުކުމް ކުރުމުގެ މަޖިލީހުގެ ތެރެއިން ----

16 May 2023
ޚަބަރު
ޢަލީ ސުލައިމާން

ފުއްގިރި މައްސަަލައިގައި ސްޕްރީމް ކޯޓުގައިވެސް ރައީސް ޔާމީނަށް ނާކާމިޔާބު

ފުއްގިރި މައްސަަލައިގައި ރައީސް ޔާމީނަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ޝަރީއަތް ފެށުމުގެ ކުރިން ކްރިމިނަލްކޯޓުން ނިންމާފައިވާ ނިންމުންތައް ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފްކޮށް ނާކާމިޔާބުވެ ވަޑައިގެންނެވުމަށްފަހު، އެމައްސަލަ ސްޕްރީމްކޯޓުގައިވެސް އިސްތިޢުނާފުކޮށް ރައީސް ޔާމީނަށް ނާކާމިޔާބުވެ ވަޑައިގެންފިއެވެ.

ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓާއި ސްޕްރީމްކޯޓަށް ހުށައެޅީ، ޝަރީއަތް ފެށުމުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުންތަކުގައި ކްރިމިނަލްކޯޓުން ނިންމާފައިވާ ބައެއް ނިންމުންތައް ބާޠިލްކުރުމަށެވެ. ދަށުކޯޓުގެ ނިންމުމަށް ތާޢީދުކޮށް ހައިކޯޓުން ޙުކުމްކޮށްފައިވާ އިރު، މިރޭ ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުންވެސް ވަނީ ދަށު މަރުހަލާގެ ދެކޯޓުގެ ނިންމުމަށްވެސް ތާޢިދުކޮށް ހުކުމްކޮށްފައެވެ. އެހެން ނަމަވެސް ހައިކޯޓުގެ ޙުކުމްގައި ފާހަގަކޮށްފައިވާ ބައެއް ނުކުތާތައް ސްޕްރީމް ކޯޓުން ބާޠިލްކުރިއެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށައެޅި އިސްތިޢުނާފުގެ މައްސަލަގައި ސްޕްރީމްކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އެމައްސަލަ ކުރިޔަށް ނުގެންދިޔުމަށް ސްޕްރީމްކޯޓުން އަންގާފައިވާތީ، ފުއްގިރި މައްސަލައިގައ ރައީސް ޔާމީނާއި ދެކޮޅަށް ކުރާ ދަޢުވާ އޮތީ ހުއްޓިފައެވެ.

ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓާއި ސްޕްރީމް ކޯޓަށް ހުށައެޅި މައިގަނޑު ދެނުކުތާގެ ތެރޭގައި ހިމެނެނީ ދައުލަތުން ހުށައެޅި ހެކިންގެ ތެރެއިން ޢަދީބާއި ޒިޔަތު ހެކިންގެ ގޮތުގައި ބަލައި ނުގަތުމަށާއި ދައުލަތުން  ހުށައެޅި ސިއްރު ހެއްކާއި ބެހޭ މައުލޫމާތު ހޯދުމަށެވެ.

ފުއްގިރިމައްސަލައިގައި މަތީ މަރުހަލާގެ ދެކޯޓުންވެސް ރައީސް ޔާމީނާއި ދެކޮޅަށް މައްސަލަ ނިމުނު އިރު މިހާރުވެސް އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒް ކުރައްވަމުންނެވެ. އެއީ ވ.އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނައްގަވައި އެފައިސާ ލޯންޑަރ ކުރައްވާފައިވާ ކަމުގެ ތުހުމަތުގައި ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް އުފުލި ދައުވާ ސާބިތު ވެގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.