Advertisement

ސަޢޫދީ އަރަބިއްޔާގެ ފިނޭންސް މިނިސްޓަރާއި ރާއްޖޭގެ ފިނޭންސް މިނިސްޓަރ ބޭއްވެވި ބައްދަލު ކުރެއްވުން -- ފޮޓޯ: ސަޢޫދީ ޢަރަބިއްޔާގެ ފިނޭންސް މިނިސްޓްރީ

14 May 2023
ޚަބަރު
ޢަލީ ސުލައިމާން

ސަޢޫދީ އަރަބިއްޔާ އާއި ދިވެހިރާއްޖެއިން އިޤުތިޞާދީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

ސަޢޫދީ އަރަބިއްޔާ އާއި ދިވެހިރާއްޖެއިން އިޤުތިޞާދީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މިމަޝްވަރާކުރައްވާފައި ވަނީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ 48ވަނަ އަހަރީ އާއްމު ބައްދަލުވުަގައި ބައިވެރިވެވަޑައިގެންނެވުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސައޫދީ އަރަބިއްޔާގެ ފިނޭންސް މިނިސްޓަރ މުޙައްމަދު ޢަބުދުﷲ ޢަބުދުލްޢަޒީޒް އަލް ޖަދުޢާން އާއި އެކު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

މިބައްދަލުވުމާއި ގުޅޭ ގޮތުން، ސައޫދީ އަރަބިއްޔާގެ ފިނޭންސް މިނިސްޓަރ މުޙައްމަދު ޢަބުދުﷲ ޢަބުދުލްޢަޒީޒް އަލް ޖަދުޢާން ވިދާޅުވީ، ރާއްޖޭގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގޮތުންނާއި މާލީ ގޮތުން ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ 48 ވަނަ އަހަރީ އާއްމު ބައްދަލުވުން ބާއްވާފައި ވަނީ މިމެއި މަހުގެ 10އިން 13އަށް ސަޢޫދީ އަރަބިއްޔާގެ ޖިއްދާގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.