Advertisement

ދ.ކުޑަހުވަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ ކުރެހުން ---

14 May 2023
ޚަބަރު
ޢަލީ ސުލައިމާން

ކުވައިތު ފަންޑުގެ އެހީގައި 7 ރަށެއްގައި އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ އެއްބަސްވުންތަކުގައި ހޯމަ ދުވަހު ސޮއެކުރަނީ

ކުވައިތު ފަންޑު އެހީގައި 7 ރަށެއްގައި އަޅާ ހޮސްޕިޓަލްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން މާދަމާ އޮންނާނެކަމުގައި މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ، މާދަމާ އެއްބަސްވުންތަކުގައި ސޮއެކުރުމަށް ހަމަޖެހިފައި ވަނީ، ހދ.ހަނިމާދޫ، ށ.މިލަންދޫ، ނ.ވެލިދޫ، ކ.ތުލުސްދޫ، އދ.މާމިގިލި، ވ.ފެލިދޫ އަދި ތ.ވިލުފުށީގައި އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ އެއްބަސްވުމުގައެވެ. ކުވައިތު ފަންޑުގެ އެހީގައި އިމާރާތްކުރާ މި ހޮސްޕިޓަލްތަކަކީ 30 އެނދުގެ ހޮސްޕިޓަލްތަކެވެ.

މިއަހަރުގެ ބައިނަލްއަޤުވާމީ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިހޮސްޕިޓަލްތަކުގެ ބީލަން ނިމި މިހަފްތާގެެ ތެރޭގައި މަސައްކަތްތައް ކުންފުނިތަކާއި ހަވާލުކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

މިހޮސްޕިޓަލްތަކުގެ މަސައްކަތް ކުންފިނިތަކާއި ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއެކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައި ވަނީ، މިނިސްޓްރީ އޮފް ހެލްތުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.