Advertisement

ގެވެށި ގުޅުމުގެ ފެސިލިޓޭޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ: ޖެންޑާ މިނިސްޓްރީ

14 May 2023
ޚަބަރު
ޢަލީ ސުލައިމާން

އަތޮޅުތެރޭގައި ގެވެށި ގުޅުން ކެމްޕެއިންގެ ހަރަކާތްތަށް ކުރިއަށް ގެންދިޔުމަށް މީހުން ތަމްރީނުކޮށްފި

ގެވެށި ގުޅުން ކެމްޕެއިންގެ ހަރަކާތްތަށް އަތޮޅުތެރޭގައި ކުރިއަށް ގެންދިޔުމަށްޓަކައި މިހާތަނަށް 358 ފެސިލިޓޭޓަރުން ތަމްރީނުކޮށްފައިވާ ކަމުގައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިން ހާމަކުރައްވައިފިއެވެ.

އެމިނިސްޓްރީން ވިދާޅުވީ، ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ރަށްރަށުގައި ބަދަހި އާއިލީ ގުޅުން ގާއިމްކުރުމަށް ހިންގުމަށް ރޭވިފައިވާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް މިހާތަނަށް 17 އަތޮޅެއްގެ 134 ރަށެއްގައި ހިންގިފައިވާ ކަމަށެވެ.

މިގޮތުން، ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ފެސިލިޓޭޓަރުން ތަމްރީނުކުރުމަށް ހިންގާ މި ޕްރޮގްރާމްގެ މަޤްސަދަކީ ގެވެށި އަނިޔާ އަދި ޢާއިލީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރަށްރަށުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ކުރިއަށްގެންދާނެ މީހުން ތަމްރީނުކުރުން ކަމަށާއި، މިގޮތުން ކޮންމެ އަތޮޅެއްގައިވެސް، ހުރިހާ ރަށަކުން މީހުން ބައިވެރިކޮށްގެން ދެ ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް އެމިނިސްޓްރީން އަންނަނީ ހިންގަމުން ކަމުގައި ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

އެމިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ގެވެށި ކުޅުން ކެމްޕެއިންގެ ދަށުން ފެސިލިޓޭޓަރުން ތަމްރީނުކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފަށައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް މިހާތަނަށް އައިއިރު ނުހިންގި އޮތް ތިން އަތޮޅަކީ ހއ، ބ އަދި ކ. އަތޮޅެވެ. މި ތިން އަތޮޅުގައިވެސް އަންނަ ޖޫން މަސް ނިމުމުގެ ކުރިން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައިކަމުގައި އެމިނިސްޓްރީން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.