Advertisement

ފޯކައިދޫ ޞިއްޙީމަރުކަޒުގެ މަސައްކަތްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއެކުރުމުގެ ތެރެއިން -- ފޮޓޯ: މިނިސްޓްރީ އޮފް ހެލްތު

14 May 2023
ޚަބަރު
ޢަލީ ސުލައިމާން

ފޯކައިދޫ ޞިއްޙީމަރުކަޒާއި، ގއ އަތޮޅު ހޮސްޕިޓަލްގެ މަސައްކަތްތައް ދެކުންފުންޏަކާއި ހަވާލުކޮށްފި

ށ.ފޯކައިދޫ ޞިއްޙީމަރުކަޒާއި، ގއ އަތޮޅު ހޮސްޕިޓަލްގެ މަސައްކަތްތައް ދެކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވީ، ށ.ފޯކައިދޫ ޞިއްޙީ މަރުކަޒުގެ ވަށާފާރު ރޭނުމާއި، ޞިއްޙީ މަރުކަޒުގައި ކުރަން ހުރި ބައެއް މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައި ވަނީ، ހާފް ކޮންސްޓްރަކްޝަން އިންވެސްޓްމަންޓާއި ކަމަށެވެ. އެކުންފުންޏާއި މިމަސައްކަތް ހަވާލުކޮށްފައި ވަނީ، 791,150.41ރުފިޔާ (ހަތްލައްކަ ނުވަދިހަ އެއްހާސް އެއްސަތޭކަ ފަންސާސް ރުފިޔާ ސާޅީސް އެއްލާރި)އަށް 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިއެއްބަސްވުމުގައި، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއެކުރައްވާފައި ވަނީ، ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިނެވެ. އަދި މީހާފް ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ވެރިޔާ، މުޙައްމަދު ފަހީމްއެވެ.

މިއަދު ސޮއެކުރި މަޝްރޫޢުތަކުގެ ތެރެއިން، ގއ. ހޮސްޕިޓަލުގެ އައު އޯޕީޑީ ހެދުމުގެ މަސައްކަތްތައް ކުރުމަށް ހަަވާލުކޮށްފައި ވަނީ، ސަމާލު ކޮންސްޓްރަކްޝަންއާ އެވެ. އެކުންފުންޏާއި މިމަސައްކަތް ހަވާލުކޮށްފައި ވަނީ، 4.4 މިލިޔަން ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއެއްބަސްވުމުގައިވެސް، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއެކުރައްވާފައި ވަނީ، ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިނެވެ. މީހާފް ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ބުޝްރީ މުހައްމަދެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.