Advertisement

14 May 2023
ޚަބަރު
ޢަލީ ސުލައިމާން

ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 ނިންމާލައިފި

ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 ނިންމާލައިފިއެވެ.

މިފެސްޓިވަލް ކުރިޔަށް ގެންދިޔައީ، މިމެއިމަހުގެ 8 އިން 13އަށް ސޯޝަލް ސެންޓަރުގައެވެ.

މިފެސްޓިވަލްގައި ދުނިޔޭގެ 8 ޤައުމަކުން 80 ވުރެ ގިނަ ފަންނު ވެރިން ވަނީ ބައިވެރިވެފައެވެ. މިގޮތުން ރާއްޖެއިން ބޭރުގެ 10 އާޓިސްޓަކު، މިފެސްޓިވަލްގައި ބައިވެރިވިއެވެ.

ރާއްޖޭގައި ބޭއްވުނު ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 އަކީ، މިހާތަނަށް ރާއްޖޭގައި ބޭއްވުނު ހަމައެކަނި މިފަދަ އިންޓަރނޭޝަނަލް ފެސްޓިވަލެވެ. މެއި 8 ވަނަ ދުވަހުގެ ރޭ މި ފެސްޓިވަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

ފެސްޓިވަލް ހުުޅުއްވައި ދެއްވުަމަށްފަހު އެމަނިކުފާު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ތިބި ފަންނުވެރިންނާއި ހުނަރުވެރީން އަދި މަސައްކަތްތެރީންކުރައްވާފައިވާ އަގުހުރި ތާރީޚީ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ދިވެހިރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންނެއްގެ ފާޑުވެރިކަމަށް ހެކިދޭ ދިގު ތާރީޚެއް އޮތް ޤައުމެއްކަން ފާހަގަކުރައްވައި ރާއްޖޭގައި ފެންނަންހުރި ފަންނުވެރި އާސާރުތަކުގެ މިސާލުތައް އެމަނިކުފާނު ދެއްކެވިއެވެ.

ފަރުމާ އިންޓަރނޭޝަނަލް ޔޫތު ފެސްޓިވަލް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރ އަޙްމަދު މަޚުލޫފު ވިދާޅުވީ، އެމިނިސްޓްރީން ކުރާ ހަަމައެކަނި މަސައްކަތަކީ، ފުޓްސަލް ދަނޑުތައް އެޚުމާއި ކުޅިވަރުކުޅުން ނޫންކަން، އެފެސްޓިވަކްގެ ސަބަބުން އެނގިގެންދާނެ ކަަމަށެވެ.

ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023އަކީ، މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީއާ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ބައިނަލްއަޤުވާމީ ފަރާތްތަކަށް ހުޅުވާލައިގެން ބޭއްވި ފެސްޓިވަލެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.