Advertisement

ބޭންކް އޮފް މޯލްޑިވްސްގެ ހަފްލާއެއްގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް

14 May 2023
ޚަބަރު
ޢަލީ ސުލައިމާން

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ މެއި 29ގައި ބޭއްވުމަށް ނިންމައިފި

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވުސްގެ އަހަރީ އާއްމު ޖަލްސާ، މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައި ބޭންކުން އެކަން އިއުލާނުކޮށްފިއެވެ.

ބީއެމްއެލް އިން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ މި ޖަލްސާ އޮންނާނީ އެރޭ އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ. އަދި އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ މިހިނގާ މެއިމަހުގެ 21 ގެކުރިން، ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

އަހަރީ އާއްމު ޖަލްސާއަށް އެޖެންޑާކޮށްފައިވާ މުހިންމު ކަންކަމުގެ ތެެރޭގައި، މިއަހަރުގެ ޖެނުއަރީ މަހު ބޭއްވުނު ޚާއްޞަ ގޮތުން ބޭއްވި އާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، ނިމިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި ނިމިދިޔަ އަހަރުގެ ބެލެންސް ޝީޓާއި އާމްދަނީގެ ބަޔާން ފާސްކުރުން ހިމެނެއެވެ. މީގެ އިތުރުން، ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސްކުރުންވެސް މިޖަލްސާގައި އޮންނާނެއެވެ.

މިއަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވުމާއި، އެފަރާތްތަކަށް އުޖޫރަ ކަނޑައެޅުމުގެ އިތުރުން، ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބުކުރުންވެސް މިޖަލްސާގައި އޮންނާނެ ކަމުގައި ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މިދިޔައަހަރު ބީއެމްއެލްއަސް ފައިދާގެ ގޮތުގައި، 1.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.