Advertisement

ސަރަނގު އާދަމް މަނިކާއިއެކު ރައީސް ޞާލިޙާއި އެކު ތިއްބެވި އެމްޑީޕީގެ އިސްބައެއް ބޭފުޅުން ---

14 May 2023
ޚަބަރު
ޢަލީ ސުލައިމާން

ސަރަނގު އާދަމް މަނިކުވެސް ރައީސް ނަޝީދު ދޫކޮށްލައްވައި ރައީސް ޞާލިހްގެ ފަހަތްޕުޅަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝިދަށް ތާޢީދުކުރެއްވި އެމްޑީޕީގެ އިސް ބޭފުޅެއްކަމުގައިވާ އަދި މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ތާއީދުކުރައްވާކަން އޭނާ ހާމަކުރައްވައިފިއެވެ.

ރައީސް ސޯލިޙަށް ތާއީދު ކުރައްވާ ފަރާތްތަކުން ވަނީ މިކަން ހާމަކޮށް، ސަރަނގު އާދަމް މަނިކާއިއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ރައީސް ޞާލިހަށް ތާއީދުކުރައްވައިގެން ތިއްބެވި ބައެއް ބޭފުޅުންނާއި އެކު މެންދުރުގެ ކެއުމަކަށް އިންސާފުކުރާ މަންޒަރު ފެންނަ ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.

ޖެނުއަރީ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ސަރަނގު އާދަމް މަނިކު ހުންނެވީ، ރައީސް ނަޝީދާއި އެއްކޮޅަށެވެ. އަދި ރައީސް ނަޝީދަށް އާދަމް މަނިކު ވަރަށް ބޮޑަށް ކެމްޕޭންވެސް ކޮށްދެއްވިއެވެ. އެހެން ނަމަވެސް އިންތިޚާބުން ރައީސް ނަޝީދު ބަލިވެވަޑައިގެންނެވުމަށްފަހުގައި ޕްރައިމަރީގެ ނަތީޖާ ޤަބޫލު ނުކުރައްވައި، އެމަނިކުފާނު އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން"ގެ ނަމުގައި އުފެއްދި ވަކިފެކްޝަންގައި އާދަމް މަނިކު ބައިވެރިވެވަޑައި ނުގެން ހުންނެވީ، ހިމޭނުންނެވެ.

މިއަދު ރައީސް ޞާލިޙަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި ސަރަނގު އާދަމް މަނިކު ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ޞާލިޙާއި ގުޅިވަޑައިގަތީ އެމަނިކުފާނަކީ އެމްޑީޕީގެ އަސާސްތައް ހިފަހައްޓަވާ ބޭފުޅަކަށް ވާތީ ކަމުގައެވެ. އަދި ޕްރައިމަރީގައި ބަލިވުމުން ބަލި ޤަބޫލު ނުކުރައްވައި އުޅުއްވުމަކީ އޭނާ ޤަބޫލުފުޅު ކުރައްވާ ކަމެއް ނޫންކަމުގައިވެސް އާދަމް މަނިކު ވިދާޅުވެފައިވެއެވެ.

ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގެންނެވުމަށްފަހުގައި، ރައީސް ނަޝީދު ގެންދަވަނީ ސިޔާސީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ޖެއްސުންތައް ކުރައްވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.