Advertisement

ކުވައިތު ފަންޑުގެ އެހީގައި އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ އެއްބަސްވުންތަކުގައި ސޮއެކުރުން -- ފޮޓޯ: ހެލްތު މިނިސްޓްރީ

15 May 2023
ޚަބަރު
ޢަލީ ސުލައިމާން

ކުވައިތު ފަންޑުގެ އެހީގައި 7 ރަށެއްގައި އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ އެއްބަސްވުންތަކުގައި ސޮއެކޮށްފި

ކުވައިތު ފަންޑުގެ އެހީގައި 7 ރަށެއްގައި އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ އެއްބަސްވުންތަކުގައި މިއަދު ސޮއެކޮށްފިއެވެ.

ކުވައިތު ފަންޑުގެ އެހީގައި އަޅާ މިހޮސްޕިޓަލްތަކަކީ، 30 އެނދުގެ ހޮސްޕިޓަލްތަކެވެ. ހޮސްޕިޓަލު އެޅުމަށް ބީލަމަށް އިއުލާނުކުރުމުން އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ބިޑްތައް އިވެލުއޭޓްކޮށް އެއްބަސްވުންތަކުގައި ސޮއެކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުފަހު، މިނިސްޓްރީ އޮފް ހެލްތުގައެވެ.

މިރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކުވައިތު ފަންޑުގެ އެހީގައި 30 އެނދުގެ ހޮސްޕިޓަލްތައް އެޅުމަށް ހަމަޖައްސާފައިވާ ރަށްތަކުގެ ތެރޭގައި، ހިމެނެނީ، ހދ.ހަނިމާދޫ، ށ.މިލަންދޫ، ނ.ވެލިދޫ، ކ.ތުލުސްދޫ، އދ.މާމިގިލި، ވ.ފެލިދޫ އަދި ތ.ވިލުފުއްޓެވެ.

މިގޮތުން ހދ.ހަނިމާދޫ، އދ.މާމިގިލި، ވ.ފެލިދޫ އަދި ތ.ވިލުފުށީ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި ށ.މިލަންދޫ، ނ.ވެލިދޫ، ކ.ތުލުސްދޫ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑަށެވެ. ކުވައިތު ފަންޑުން މި 7 ހޮސްޕިޓަލްގެ މަޝްރޫއުތަކަށް 689.08 މިލިޔަން ރުފިޔާ ދެއްވާފައިވާއިރު، މި ހޮސްޕިޓަލްތައް އިމާރާތްކޮށް ނިންމުމަށް ކުންފުނިތަކަށް ދެއްވާފައި ވަނީ 540 ދުވަހުގެ މުއްދަތެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.