Advertisement

މިދިޔައަހަރު ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން -- ފޮޓޯ: އެމްޓީސީސީ

13 May 2023
ޚަބަރު
ޢަލީ ސުލައިމާން

އެމްޓީސީސީގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް 32 މިލިޔަން ރުފިޔާ ޙިއްޞާދާރުންނަށް ބަހަން ނިންމައިފި

މޯލްޑިވްސް ޓްރާންސްޕޯޓިންގ ކޮމްޕެނީ، އެމްޓީސީސީގެ 42 އަހަރުގެ ދިގު ތާރީހުގައި ވެސް ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި އެންމެ ގިނަ ފައިސާ ބަހާނެ އަހަރަކީ މިއަހަރު ކަމަށާއި، ޙިއްޞާގެ ފައިދާގެ ގޮތުގައި، 32.15 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމުގައި އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނިން މިއަދު ވަނީ އެކުންފުނީގެ އަހަރީ ތަފާސް ޙިސާބުތަކާއި އަހަރީ ރިޕޯޓް އާއްމުކޮށްފައެވެ. އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، 2022 ވަނަ އަހަރު އެކުންފުނިން ވަނީ، 2.47 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައެވެ. އަދި ހަމައެއަހަރު ފައިދާގެ ގޮތުގައި، 324.16 މިލިޔަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެއެވެ. އޭގެ ކުރީއަހަރު، 1.97 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ، 319.25 މިލިޔަން ރުފިޔާއެވެ. މިގޮތުން 2022 ވަނަ އަހަރަކީ ކުންފުނީގެ ތާރީހުގައި ރިކޯޑްކުރެވިފައިވާ އެންމެ ބޮޑު އާމްދަނީ އަދި ހިންގުމުގެ ފައިދާ ހާސިލުކުރެވުނު އަހަރުކަމުގައިވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ރެކޯޑް އަދަދަދެއްގެ ފައިދާއާއިއެކު އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ، މޫނުމަތީ އަގު 5ރގެ ކޮންމެ ހިއްސާއަކަށް 4ރ ގެ މަގުން ޙިއްސާގެ ފައިދާ ބެހުމަށެވެ. 

އެމްޓީސީސީއަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫޢުތައް ހިންގައި އަދި އެންމެ ބޮޑު ފައިދާއެއް ނެރެމުން އަންނަ ކުންފުންޏެވެ. ހުސްވިއަހަރު އެކުންފުނިން އަލަށް 65 މަޝްރޫއަކާއި ހަވާލުވި އިރު އެއަހަރު ވަނީ 42 މަޝްރޫއެއްގެ މަސައްކަތް ނިންމާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.