Advertisement

ފުލުހުންގެ މައި އިދާރާ

19 May 2023
ޚަބަރު
ޢަލީ ސުލައިމާން

ހަތަރުމީހުން އަރައިގެން ސައިކަލް ދުއްވަނިކޮށް ހިފަހައްޓައި ޖޫރިމަނާކޮށްފި

މާލޭގައި އާއިލާ އެއްކޮށް އެއްސައިކަލަކަށް އަރައިގެން ދުއްވަނިކޮށް ހިފަހައްޓައި ފިޔަވަޅު އަަޅައިފިއެވެ.

އެނގިފައިވާ ގޮތުގައި މިއަދު މާލޭ މަޖީދީ މަގުގައި އެއްސައިކަލަށް 4 މީހުން އަރައިގެން ދުއްވަނިކޮށް ފެނިގެން އާއްމު ބައެއް ފަރާތްތަކުން ވަނީ ފޮޓޯނަގައި ސޯޝަލްމީޑިއާގައި ޕޯސްޓްކޮށްފައެވެ. އެއްސައިކަލުގައި ދަތުރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އާއިލާއެއްގެ 4 މީހުންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އަވައްޓެރި އިންޑިއާގައި އެއްސައިކަލަށް 4 މީހުން އެރުމަކީ މަނާކަމެއް ނޫންނަމަވެސް ރާއްޖޭގައި ސައިކަަލަށް އެރެވޭނީ 2 މީހުންކަމަށް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ. މިއަދު މަޖީދީމަގުގައި ސައިކަލުގައި ގޮސްފައި ވަނީ ދެމަފިރިއަކާ އޭނާގެ ކުޑަ ދެދަރީންނެވެ.

ފުލުހުން ވިދާޅުވީ އެސައިކަލް ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.