Advertisement

ފިކުރެއްގެ ދިރުމުން އައު ޕާޓީއެއް ހެދުމަށް ފޯމް ހުށައެޅުން

21 May 2023
ޚަބަރު
ޢަލީ ސުލައިމާން

ެރައީސް ނަޝީދުގެ ފެކްޝަނުން ޕާޓީހެދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގެންނެވުމާއި އެކު ވެރިކަމަށް އާދެވޭނެ ގޮތެއް ހޯއްދެވުމަށް ރައީސް ނަޝީދު އެމްޑީޕީގެ ތެރޭގައި އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަނުގެ ފަރާތުން ސިޔާސީ ޕާޓިއެއް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައަޅައިފިއެވެ.

ރައީސް ނަޝީދަށް ވެރިކަން ހޯދައި ދިނުމަށް އަލަށް އުފެއްުދުމަށް ހުށައަޅާފައިވާ ޕާޓިގެ ނަމަކީ "ދި ޑިމޮކްރެޓްސް" އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ފޯމް ހުށައަޅާފައި ވަނީ މިއަދު މެންދުރު ފަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފޯމާއި ހަވާލުވެވަޑައިގެންނެވީ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާޢީލް ޙަބީބެވެ.

އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައެޅުއްވުމަށް ވަޑައިގެންނެވި އިރު ފިކުރެއްގެ ދިރުމަށް ތާޢީދުކޮށްގެން ތިއްބެވި ބޭފުޅުން އަޅުއްވައިގެން ތިއްބެވީ ވިލު ނޫކުލައިގެ ޓައީއެއް އަޅުއްވައިގެންނެވެ. 

ފިކުރެއްގެ ދިރުން ފެކްޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ތެރެއިން 12 މެމްބަރުން އެމްޑީޕީންވަކިވެވަޑައިިގެންފައި ވާއިރު އަދި އެއްމެމްބަރަކު ޕާޓިން ވަކިވެފައިވާ ކަމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން ނިންމާފައި ވާއިރު ރައީސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ.

އެހެން ނަމަވެސް ކައިރިި މުސްތަޤުބަލެެއްގައި ރައީސް ނަޝީދުވެސް އެމްޑީޕީން ވަކިވެވަޑައިގެން އައުޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.