Advertisement

ޖަލު އޮފިސަރުންގެ އަސާސީ ތަމްރީންކޯސް ފުރިހަމަކުރި ފަރާތްތަކުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކަރެކްޝަންސް

21 May 2023
ޚަބަރު
ޢަލީ ސުލައިމާން

ޖަލު އޮފިސަރުންގެ އަސާސީ ތަމްރީންކޯސް ފުރިހަމަކުރި ފަރާތްތަކުގެ ދަސްވެނިވުން ބާއްވައިފި

ޕްރިޒަންސް އޮފިސަރުންނަށް ހިންގި އަސާސީ ތަމްރީންކޯސް ފުރިހަމަކުރިފަރާތްތަކުގެ ދަސްވެނިވުމުގެ ހަފްލާ، މާފުށީ ޖަލުގައި ބާއްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް)އިން ހާމަކޮށްފައިވާ ގޮތުގައި، "ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ޕްރޮގްރާމް ގެ 9 ވަނަ ބުރުގައި، 53 ދަރިވަރުން ބައިވެރިވެ 51 ދަރުވަރުން ވަނީ ކޯސް ފުރުހަމަކޮށްފައެވެ. މިކޯސް ކުރިޔަށް ގެންގޮސްފައި ވަނީ ޖެނުއަރީ 31 އިން ފެށިގެން 3 މަސްދުވަހުގެ މުައްދަތަށެވެ.

މިޖަލްސާގައި، އަސާސީ ތަމްރީންކޯސް ފުރިހަމަކޮށް ދަސްވެނިވި ފަރާތްތަކަށް ހުވާލައިދެއްވާފައި ވަނީ ޣާޒީ އަލްއުސްތާޛު މޫސާ ނަސީމްއެވެ.

މީގެ އިތުރުން ކޯހުން އެންމެ ރަނގަޅު ވަނަތައް ހާޞިލްކުރި ފަރާތްތަކަށް ވަނީ އިނާމާއި ހަނދާނީ ލިޔުން އަދި ޓްރޮފީ ހަވާލުކޮށްފައެވެ. މިގޮތުން އެންމެ ދުޅަ ހެޔޮ އަންހެން އަދި ފިރިހެން އޮފިސަރުންނަށް ހޮވިފައި ވަނީ، ޕްރިޒަން ޕްރައިވެޓް އަމާނީ އަޙްމަދު އާއި ޕްރިޒަން ޕްރައިވެޓް މުރުތަޟާ އަދްނާންއެވެ. އަދި "ބެސްޓް އޯލް ރައުންޑް" ގެ ލަޤަބް ޙާޞިލްކޮށްފައި ވަނީ ޕްރިޒަން ޕްރައިވެޓް އާދަމް މުޟްހިރްއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.