Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު --- ފޮޓޯ: މަޖިލިސް

20 May 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހޯދުމަށްޓަކައި އުފައްދާ ޕާޓީގެ ނަމާއި ލޯގޯ އަދި ދިދައަށް ޚިޔާލު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި، ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހޯދުމަށްޓަކައި އުފައްދާ ޕާޓީގެ ނަމާއި ލޯގޯ އަދި ދިދައަށް ޚިޔާލު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ކާމިޔާބު ނުކުރެއްވުމުން އެމަނިކުފާނު އިސްވެ ހުންނަވައި، އެމްޑިޕީގެ ތެރޭގައި ވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ފެކްޝަނެއް އުފައްދަވާފައެވެ. އެދުވަހުން ފެށިގެންވެސް ރައީސް ނަޝީދު ގެންދެވީ އެމްޑީޕީގައި އެންމެ އިސްކޮށްތިބި  ފަރާތްތަކުގެ އިސްތަށިފުޅުގައި، ތަފާތު އެކި ތުހުމަތުތަކާއި އިލްޒާމްތައް އަޅުއްވައި، އެމަނިކުފާނަށް ރިޔާސީ ޓިކެޓް ލިބޭނެ ގޮތެއް ވޭތޯ މަސައްކަތްޕުޅު ކުރައްވަމުންނެވެ. އަދި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ފެކްޝަނުން ޖުމްހޫރީ ޕާޓީގެ ލީޑަރާއި އެކު މަސައްކަތް ކުރެއްވުމަށް ހުށައަޅުއްވައި، ޤާސިމް އިބްރާހީމްއަށް ރައީސް ނަޝީދު ހުށައެޅުއްވި ހުށައެޅުއްވުންތައް އެމަނިކުފާނުވެސް ޤަބޫލުފުޅު ނުކުރެއްވުމުން، އައު ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ރިޔާސީ އިންތިޚާބަށް ނުކުންނެވުމަށް ރައީސް ނަޝީދު މިހާރު ވަނީ މަސައްކަތްޕުޅު ފައްޓަވާފައެވެ.

ރައީސް ނަޝީދު އުފައްދަފާފައިވާ ފެކްޝަން ރަސްމީކޮށް އެމްޑީޕީން ވަކިވެ އައު ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ފަށައިފިކަން އެފިކުރުގެ މަޖިލިސް މެމްބަރުން ހާމަކުރައްވާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 68 މެމްބަރުންގެ ތެރެއިން 12 މެމްބަރަކު ވަނީ އަމިއްލައަށް އެމްޑީޕީން ވަކިވެ އައު ސިޔާސީ ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަން އިޢުލާނު ކުރައްވާފައެވެ.

މިގޮތުން އަލަށް އުފައްދާ ސިޔާސީ ޕާޓީއަށް ނަމެއް ހުށައެޅުމަށާއި، ޕާޓީގެ ކުލައާއި ދިދައަށް ޚިޔާލު ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. މިގޮތުން އެފުރުޞަތު ހުޅުވާލާފައި ވަނީ 21 ޖޫން 2023ވާ އާދީއްތަ ދުވަހުގެ އިރު އޮއްސި 18:00ގެ ނިޔަލަށެވެ.

ރައީސް ނަޝީދަށް ވެރިކަން ހޯއްދަވައި ދެއްވުމަށް އައު ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް "ފިކުރެއްގެ ދިރުން"އިން ފަށާފައި ވާއިރު، "މަވެސް ވަކިވެއްޖައިން" ގެ ނަމުގައި އެމްޑީޕީގައި ތިބި ރައީސް ނަޝިދުގެ ފިކުރުގެ މީހުން އެމްޑީޕީން ވަކިވުމަށް ބާރުއަޅައި ކެމްޕޭނެއްވެސް ދަނީ ހިންގަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 13 މެމްބަރަކު ފިކުރެއްގެ ދިރުމާއި އެކު އައު ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާއިރު، ރައީސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ.

މުރާސިލުން އަންދާޒާކުރައްވާ ގޮތުގައި ރައީސް ނަޝީދު ފިކުރެއްގެ ދިރުމާއި އެކު ޕާޓީ އުފެދުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވަވަޑައި ނުގަންނަވާ މައިގަނޑު ސަބަބަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ ގޮނޑި އެމަނިކުފާނަށް ގެއްލިވަޑައިގަންނަވާނެތީއެވެ. މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝިދު އިންނެވީ އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުންނެވެ. ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި ނަމަ، އެމްޑިޕީގެ މެމްބަރުން ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން ވަކިކުރައްވާނެއެވެ. ރައީސް ނަޝީދާއި ނުލައި ފިކުރެއްގެ ދިރުމުގައި ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރުންނެވެ. ރައީސް ނަޝީދާއި ނުލައި، އަދި އިދިކޮޅު މެމްބަރުންނާއި ނުލައިވެސް އެމްޑީީޕީއަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެބަ އޮތެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.