Advertisement

ދިއްދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒު ހުންނާނެ ގޮތުގެ ކުރެހުމެއް ---

19 May 2023
ޚަބަރު
ޢަލީ ސުލައިމާން

ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރަން ކުންފުންޏަކާ ހަވާލުކޮށްފި

ހއ.ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރުމަށް ކުންފުންޏާކާ ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހުހެނދުނު އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ބޭއްވި ރަސްމިޔާތެއްގައި “ދިއްދޫ އިސްލާމިކް ސެންޓަރު” އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ އެވެ.

ދިއްދޫ އިސްލާމިކް އެސެންޓަރު އިމާރާތްކުރުމުގެ އެއްބަސްވުމުގައިކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އާރުސީސީގެ ޑިރެކްޓަރ އާދަމް ރަޙީމް އެވެ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަ ޑރ. އަޙްމަދު ޒާހިރު ޢަލީއެ

ދިއްދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ އެއްބަސްވުމުގައި ސޮއެކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

ދިއްދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގައި، އެއްފަހަރާ 1500 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ އޭސީ މިސްކިތަކާއި، 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕާސް ހޯލަކާއި އިދާރީ އޮފީހަކާއި، ލައިބްރަރީއެއް އަދި 4 ކުލާސްރޫމާއި ދެ ސެމިނަރ ރޫމާއި ޕޭންޓްރީއެއް ހުންނާނެއެވެ. 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފައިވާ ގޮތުގައި، ދިއްދޫގައި އަޅާ އިސްލާމީ މަރުކަޒު ފަރުމާކޮށްފައިވަނީ ކަރަންޓްގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އިޢާދަކުރަނިވި ހަކަތަވެސް ބޭނުން ކުރެވޭ ގޮތަށެވެ.

މިމަޝްރޫއުގެ އަގަކީ، 50.8 މިލިޔަން ރުފިޔާއެވެ. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިމަޝްރޫޢު ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.