Advertisement

އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދިޔަ އިންޓަރވިއުގެ ތެރެއިން --- ފޮޓޯ: އީސީ

21 May 2023
ޚަބަރު
ޢަލީ ސުލައިމާން

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ވަޒީފާތަކުގެ އިންޓަރވިއުއަށް ގިނަ ބަޔަކު ހާޟިރުވި

އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ ވަގުތީ ވަޒީފާތަކުގެ އިންޓަރވިއުއަށް ހާޟިރުވީ، 200 އެއްހައި މީހުންކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިޚާބާއި ގުޅޭ މަސައްކްތައް ކުރުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނަށް ގާތްގަނޑަކަށް 296 މުވައްޒަފުން ބޭނުންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެކި ފެންވަރުގެ 9 މަޤާމެވެ.

ރިޔާސީ އިންތިޚާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާނެ މުވައްޒަފުން ހޯދުމަށް އިއްޔެ އިންޓަރވިއު ކުރިޔަށް ގެންދިޔައީ ދަރުބާރުގޭގައެެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބަށް މީހުން ނަގާ މަޤާމުތަކަކީ އެކި ފެންވަރުގެ މަޤާމުތައް ކަމުގައި ވުމުން އެމަޤާމުތަކުގެ މުސާރަތައްވެސް ތަފާތުވާނެ ކަމަށެވެ. 

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެންޑިޑެންސީ ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުޞަތު ހުޅުވާލާނީ ޖުލައި މަހުގެ 23 ވަނަ ދުވަހުގައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރ 9 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.