Advertisement

ހުޅުމާލެ ފްލެޓް 53 ކައިރީގައި ފުލުހުންގެ ކާރު މަޑުކޮށްފައި ---

22 May 2023
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލޭގައި ފުލުހަކަށް ހަމަލާދިން މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފްލެޓް 53 ކައިރީގައި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.

މިމާރާމާރީ ހިންގާފައި ވަނީ މިއަދު އިރުއޮއްސި 6:15 ހާއިރުގައެވެ. ގުރޫޕަކުން ހަމަލާދީ މާރާމާރީ ހިންގާފައި ވަނީ، ގަލޮޅު ފުލުހުގައި މަސައްކަތް ކުރާ އެވަގުތު އޮފްޑިއުޓީގައި ހުރި ފުލުހަކަށެވެ.

އެގުރޫޕުން ފުލުސްމީހާއަށް ހަމަލާދީ މާރާމާރީ ހިންގި މަންޒަރު އެސަރަހައްދުގައި ތިބި ބައެއް މީހުންނަށްވެސް ވަނީ ފެނިފައެވެ. އަދި އެގުރޫޕުގެ އަތްދަށުން ސަލާމަތްވެގެން ފުލުސް މީހާ ދުރަށް ދުއްވައިގަތް މަންޒަރުވެސް އެސަރަހައްދުގައި ތިބި ބައެއް މީހުންނަށް ފެނުނެވެ.

އެފުލުސްމީހާއަށް އެގުރޫޕުން ހަމަލާދިން މަންޒަރުތައް އެމަގުގައި ހުރި ސީސީޓީވީ ކެމެރާއަށްވެސް ވަނީ ރެކޯޑްކުރެވިފައެވެ.

މިމާރާމާރީއާ ގުޅޭ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑިއޯ ބައްަލަވާފައިވާ ކަމަށާއި، ފުލުސްމީހާ އޭނާގެ ނަފުސް ދިފާާޢުގައި ކުރި މަސައްކަތަށް ތަޢުރީފު ކުރައްވާ ކަމަށެވެ. އަދި މާރާމާރީ ހިންގި މީހުން ހޯދުމުގައި ހުޅުމާލެ ފުލުހުން އެޅި އަވަސް ފިޔަވަޅަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ތަޢުރީފު ކުރެއްވިއެވެ.

ފުލުސް މީހާއަށް ހަމަލާދިނުމަށް ފަހު، އެގުރޫޫޕުގެ މީހުން ވަދެފައި ވަނީ ފްލެޓް 53ގައި އެމީހުން އުޅުނު އެޕާޓްމަންޓަށެވެ. އެ އެޕާޓްމަންޓަށް ފުލުހުން ހަމަލާދިން މީހުން ހޯދުމަށް ވަތް އިރު އެތަނުން ޤާނޫނީ އިތުރުކުށްތަކެއް ހިންގަމުން ދިޔަކަންވަނީ ފަޅާއަރާފައި ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

މިމާރާމާރީއާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.