Advertisement

މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ޗައިނާ އެމްބަސީގެ އިސްބޭފުޅުން --- ފޮޓޯ: ޗައިނާ އެމްބަސީ

20 May 2023
ޚަބަރު
ޢަލީ ސުލައިމާން

ދިވެހި ސަރުކާާރުން ޗައިނާގެ ކިބައިން މަޢާފަށް އެދިއްޖެ

ދިވެހި ސަރުކާާރުން ޗައިނާގެ ކިބައިން މަޢާފަށް އެދިފައިވާ ކަމުގައި ޗައިނާ ސަފީރު ވިދާުޅުވެއްޖެއެވެ.

ސަރުކާރުން ޗައިނާގެ ކިބައިން މަޢާފަށް އެދުނީ، ދިވެހިރާއްޖެއިން ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް އައު ސަފީރަކު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ލިޔުމުގެ ކުށަކުން ރިޕަބްލިކް އޮފް ޗައިނާ ލިޔެވިފައި އޮތުމުންނެވެ. ރިޕަބްލިކް އޮފް ޗައިނާއަކީ ޓައިވާނެއެވެ. އެއީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ މައި ބިމާ ވަކިން އޮންނަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ބަޔަކަށްވީނަމަވެސް ޓައިވާނުން އަންނަނީ މިނިވަން ވަކި ދައުލަތަކަށް ވުމަށް މަސައްކަތް ކުރަމުންނެވެ. 

މަޝްރަހް ގޯސްވީ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި އޮތް އެ އިމްލާކުށް އެއީ ސިޔާސީ ކަމަކަށް ހަދައިގެން ބޮޑުކޮށްލި ހިސާބުންނެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އެއީ އިދާރީ ގޮތުން އަޅާފައިވާ އޮޅުމެއްކަން ސާފުކޮށްދީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މަޢާފަށް އެދިފައިވާ ކަަމަށާއި، ރާއްޖެއިން ދަަމަހައްޓާނީ އެއްޗައިނާގެ ސިޔާސަތުކަން ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ.

ރާއްޖެއަކީ ޗައިނާ އާއި ޒަމާންވީ ގާތްގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.