Advertisement

އެމްޑީޕީން ވަކިވެވަޑަިއިގެންނެވި އިމްތިޔާޒް ފަހުމީ، މަޖިލީހުގައި އެމްޑީޕީއަށް ލިބޭ ވަގުތުގައ ވާހަކަދައްކަވަނީ --- ފޮޓޯ މަޖިލިސް

19 May 2023
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީން ވަކިވި މެމްބަރުން މަޖިލީހުގައި އެމްޑީޕީއަށް ލިބޭ ވަގުތުގައި ވާހަކަދެއްކުމުން އެނގުނީ ގޮތެއް ނެތްކަން: ފައްޔާޒް

ފިކުރެއްގެ ދިރުމުގައި ބައިވެރިވެވަޑައިގެން އެމްޑީޕީގެ މެމްބަރުކަން ދޫކޮށްލެއްވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ލިބޭ ވަގުތުގައި ވާހަަކަ ދެއްކުމުން ހާމަވަނީ އެ މެމްބަރުންގެ ގޮތެއް ނެތްކަން ކަމުގައި، އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ، އެމްޑިޕީގެ ފަރާތުން އެޕާޓީގެ އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީންވަކިވި މެމްބަރުން މަޖިލީހުގެ އެމްޑީޕީގެ ދަފްތަރުން ވަކިނުކުރާ މައްސަލައިގައި މެމްބަރުން ނުރުހުން ފާޅުކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަަވައިގެން، ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް އުފެއްދެވި، ރައީސް ނަޝީދު ވަނީ، އެމްޑީޕީއަށް މަޖިލީހުގައި ލިބޭ ވަގުތުގެ ތެރެއިން އެމްޑީޕީން ވަކިވި ފިކުރެއްގެ ދިރުމުގައި ބައިވެރިވެފައިވާ މަޖިލީހުންގެ މެމްބަރުންނަށްވެސް ވާހަކަދެއްކެވުމަށް ފުރުޞަތު ދެއްވާފައެވެ.

އެކަމާއި ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ފައްޔާޒު ވިދާޅުވީ، އެއީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް ކަމަށާއި، މެމްބަރުން އަމިއްލައަށްވެސް އެވަގުތުގެ ބޭނުން ނުހިފައި ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

" ޕްރެސްކޮންފަރެންސެއްގައި މިޕާޓީ ކަމުނުގޮސްގެން ޕާޓީން ވަކިވި ބޭފުޅުން އަޅުގަނޑުމެންގެ ޕާޓީގެ ވަގުތުގައި އަމިއްލަފުޅަށްވެސް އެވަގުތު ދޫކޮށްލަން ޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ، އެބޭފުޅުން އެވިދާޅުވާ ފަދަ ޑިމޮކްރެޓިކް ޓްރާންސްޕޭރެންޓްވަރު ވަރުގަދަ ބޭފުޅުންތަކަކަށް ވަންޏާ. އެވަރުގެ ގޮތެއްގައި ތިއްބެވި ކަމަށް ވަންޏާމު މިޕާިޓީގެ ވަގުތުގައި އެބޭފުޅުން އެވާހަކަދައްކަވަން ބޭނުން ކުރެއްވުމަކީ، އަސްލު ވަރަށް ބޮޑު ކޮރަޕްޝަނެއް، ވަރަށް ބޮޑު ގޯހެއް އަޅުގަނޑު ދެކޭ ގޮތުގައި. ދެން މަޖިލީހުގެ ރައިސް އެކަމުގައި އެއަމަލު ކުރެއްވި ގޮތާއި މެދު އަޅުގަނޑަކަށް ނޭނގެ ދެން އެމަޖިލީހުގެ ޤަވާއިދުގައި ރިފަރ ކުރައްވާފައި ވިދާޅުވީ. އެހެންކަމަށް ވަންޏާާމު ދެން އަޅުގަނޑުމެންނަކަށް ނޭނގެ އެކަން އޮތް ގޮތެއް. އެހެންނަމަވެސް އެމެމްބަރުން އިއްޔެ އެދެއްކި ވާހަކަ އަނެއްކާވެސް އާއްމު ރައްޔިތުން ޖަޖުކޮށްލައްވަންވީ އެބޭފުޅުން އެދައްކަވާ ވާހަކަޔާ އެބޭފުޅުންގެ އަމަލު ހުރިގޮތާ."

ފައްޔާޒް އިސްމާޢީލް / އެމްޑީޕީގެ ޗެއަރޕަރސަން

ފައްޔާޒް ވިދާޅުވީ، އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހުވެސް އެމެމްބަރުން އެވާހަކަދައްކަވަނީ އެމްޑީޕީގެ ވަގުތުގައި ކަމަށެވެ. އަދި ވަރަށް ބޮޑަށް ޑިމޮކްރަސީގެ ވާހަކަ ދައްކަވާ ބޭފުޅުން، އެގޮތަށް އެކަން ކުރެއްވުމަކީ ވަރަށް ދެރަކަމެއް ކަމުގައިވެސް ފައްޔާޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން 12 މެމްބަރަކު ވަނީ އެބޭފުޅުން ޕާޓީން ވަކިވެވަޑައިގެންނެވިކަން އާއްމުކޮށް އިޢުލާނު ކުރައްވައި ޕާޓީން ވަކިވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށްވެސް ހުށައަޅުއްވާފައެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސްގެ މަޤާމުގައި ހުންނެވި މުހައްމަދު ނަޝީދު ވަނީ، މަޖިލީހުގައި އޮންނަ އެމްޑީޕީގެ ދަފްތަރުން އެމެމްބަރުންގެ ނަން އުނި ނުކުރައްވައި، މަޖިލީހުގައި އެމްޑީީޕީއަށް ލިބޭ ވަގުތުން އެ މެމްބަރުންނަށް ތަޅުމުގައި ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.