Advertisement

އެމްއާރްއެމްގެ އިސްބޭފުޅުން މިއަދު ބޭއްވި ބައްދަލުވުން --- ފޮޓޯ: އެމްއާރްއެމް

24 May 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް މައުމޫނުގެ ޕާޓީ އުވާލަން ނިންމައިފި

ޤާނޫނުގައި ބުނާއަދަދަށް މެމްބަރުން ހަމަކުރުމަށް، ދިން 3 މަސްދުވަހުގެ މުއްދަތުގައި 3000 މެންބަރުން ހަމަވެފައި ނުވާތީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (MRM)އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެޕާޓީ އުވާލުމަށް ނިންމުމުގެ އިތުރުން، މިއަދުން ފެށިގެން އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އެޕާޓީއަށް އެންގުމަށްވެސް ކޮމިޝަނުން ނިންމައި އެކަން އަންގާފައިވާ ކަމަށެވެ.

އެމްއާރްއެމް އުވާލުމަށް ނިންމާފައިވާކަން ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫނުވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އަދި އެކަމާއި ގުޅިގެން އެމްއާރްއެމްގެ އިސް ފަރާތްތަކުން ބައްދަލުކޮށް މަޝްވަރާކޮށް ވަނީ، ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ.

ރައީސް މައުމޫނު އިސްވެ ހުންނަވައި ތިންޕާޓީއެއް އުފެއްދެވިއެވެ. އެމަނިކުފާނު އެންމެ ފުރަތަމަ އުފެއްދެވިޕާޓީއަކީ، 2005 ވަނަ އަހަރު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީއެވެ. ރައީސް މައުމޫނަށް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވުމަށް ފަހުގައި، އެޕާޓީގެ ތެރޭގައި ހަމަނުޖެހުން ބޮޑުވެ ޒެޑް ޑިއާރްޕީގެ ނަމުގައި ވަކިފެކްޝަނެއް ހިންގެވުމަށްފަހު ފަހުން ރައީސް މައުމޫނު އިސްވެ ހުންނަވައި އުފެއްދެވީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވުސް ޕީޕީއެމްއެވެ. ކޮއްކޯފުޅު ޔާމީނަށް 2013ގެ ވެރިކަން ހޯއްދަވައި ދެއްވުމުން، ރައީސް މައުމޫނުގެ އަތްޕުޅުން ޕާޓީ އަތުލެއްވީ ރައީސް ޔާމީނެވެ. ރައީސް މައުމޫނު އިސްވެ ހުންނަވައި، އެމްއާރްއެމް އުފެއްދެވީ މައުމޫން ރިފޯމް މޫވްމެންޓްގެ ނަމުގައި ސިޔާސީ ހަރަކާތެއް ހިންގެވުމަށްފަހުގައި 2019 ވަނަ އަހަރުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.