Advertisement

ހުޅުމާލޭ ގެ ފިޠުރޯނުމަގު -- ފޮޓޯ: ނޫން.އެމްވީ

23 May 2023
ޚަބަރު
ޢަލީ ސުލައިމާން

ތިންއަހަރުގެ ތެރޭގައި ހުޅުމާލޭގައި ހުރި ހުރިހާ ބޮޑެތި ފިތުރޯނު ގަސްތައް ކަނޑާލަނީ

ތިންއަހަރުގެ ތެރޭގައި ހުޅުމާލޭގައި ހުރި ހުރިހާ ބޮޑެތި ފިތުރޯނު ގަސްތައް ކަނޑާލުމަށްނިންމާފައިވާ ކަމުގައި އާބަންކޯއިން ބުނެފިއެވެ.

ހުޅުމާލެ ބަލަހައްޓަމުންދާ ކުންފުނި، އާބަންކޯއިން ބުނީ ހުރިހާ ފިތުރޯނުގަސްތައް ކަނޑާލުމަށް ނިންމާފައި ވަނީ، އެގަސްތަކުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް މިހާރު ގެއްލުންތައް ވަމުންދާތީ ކަމަށެވެ.

ހުޅުމާލެ އާބާދުވިތާ 19 އަހަރު ވިއިރު އެރަށުގައި ހުރި ބޮޑެތި ފިޠުރޯނުގަސްތަކަށްވެސް މިހާރު 20 އަހަރު ވަނީ ވެފައެވެ. 

އާބަންކޯއިން ބުނީ ފިތުރޯނުގަސްތައް ކެނޑުމަށް ފަހު، އެގަހުގެ ބަދަލުގައި އެހެން ބާވަތެއްގެ ގަސްތައް އިންދަމުން ގެންދާނެ ކަމަށެވެ. މިހާރުވެސް އާބަންކޯއިން ވަނީ ހުޅުމާލޭގައި ހުރި ގިނަ އަދަދެއްގެ ބިޔަ ފިތުރޯނު ގަސްތައް ކަނޑާފައެވެ. އެއީ ގަހުގެ މޫތައް ދުވެ މަގުގެ ތާރުކަނޑު ހަލާކުވަމުން ދިޔުމާއި ބިމަށް ފެން ހިންދުމަށް ހަދާފައިވާ ނިޒާމަށް އެކަމުން ގެއްލުން ލިބޭތީއެވެ.

ހުޅުމާލެ އާބާދު ވަމުން އައީސުރެ ހުޅުމާލެ ފިޠުރޯނު މަގަކީ އެމަގުގަިއވާ ގަސްތަކުގެ ސަބަބުން ހުޅުމާލެއަށް ޚާއްސަ ފުރިހަމަކަމެއް ލިބިފައިވާ ގަސްތަކެކެވެ. މިހާރުވެސް ހުޅުމާލެ ފިތުރޯނު މަގުގައި ފެރީޓަރމިނަލް އިން އުތުރަށް އޮންނަ ބައިގައި ހުރި ބޮޑެތި ފިޠުރޯނުގަސްތައް ހުރި ސަރަހައްދަކީ، މީހުން ފޮޓޯ ޝޫޓްތަކަށް ގޮސް އުޅޭ މުހިއްމު ލޮކޭޝަނެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.