Advertisement

ޤައިދީންނަށް ހިންގާ ކުރެހުމުގެ ވޯކްޝޮޕްގެ ތެރެއިން ---

08 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ގައިދީންނަށް ކުރެހުމުގެ ހުނަރު ދަސްކޮށްދޭ ވޯކްޝޮޕެއް ޖަލުގައި ފަށައިފި

ޤައިދީންނަށް ޚާއްސަކޮށް “ފޯރިންގ އާޓް ވޯކްޝޮޕް” މާފުށީ ޖަލުގައި ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޙާމަކުރައްވާފައިވާ ގޮތުގައި، މިވޯކްޝޮޕްގައި 10 ގައިިދީންނާއި، 2 ޕްރިޒަންސް އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

އެމްސީއެސްއިން ބުނީ، ދިވެހި އާޓިސްޓުން ތަރައްޤީކުރުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމުގައިވާ މިއުސް އާ ގުޅިގެން ފެށި މި ވޯކްޝޮޕަކީ ހަ ދުވަހަށް ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. މިއުސް އިން ޤައިދީންނަށް މި ވޯކްޝޮޕް ހިންގައިދެނީ ހިލޭ ސާބަހަށެވެ.

އެމްސީއެސްއިން ބުނީ، ޤައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ މިފަދަ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގެ މަޤްޞަދަކީ ޤައިދީންނަށް ޖަލުގައި ދަސްކޮށްދޭ އެކި ހުނަރުތަކުގެ އެހީގައި، ޖަލުން ނިކުތުމަށްފަހު މުޖުތަމަޢަށް ބޭނުންތެރި މަސައްކަތެއް ކުރާ ބަޔަކަށް ހެދުން ކަމަށެވެ.

 ޤައިދީންގެ ތެރޭގައި ކުރެހުމަށް ޝައުޤުވެރިވާ ގިނަ ފަރާތްތައް ތިބިއިރު، މި މަހުގެ 1 ގައި ބޭއްވި “އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ” ގައި ޤައިދީންގެ ގިނަ ކުރަހުންތައް އާންމުންނަށް ދައްކާލައި، އަދި ވިކި ފައިވާކަން ކަރެކްޝަންސްއިން ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.