Advertisement

ހުޅުމާލެ ފޭސް 2 --

07 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލެ ފޭސް 2 އާއި ދިމާއިން ބޭރު، މާކަނޑުގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލެ ފޭސް 2 އާއި ދިމާއިން ބޭރު، މާކަނޑުގެ ތެރޭގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިއްޖެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެމީހާގެ ހަށިގަނޑު ފެނުނީ އިއްޔެ ހަވީރު 6 ޖަހަން އުޅެނިކޮށް ކަމަށާއި، މިހާރު އެމީހާގެ ހަށިގަނޑު ވަނީ، ގަލޮޅު ސަަހަރާގެ މޯޗަރީއަށް ގެންގޮސްފައި ކަމަށެވެ. 

މަރުވެފައި އޮއްވައި ފެނުނު އެމީހާ އޮތީ، ގިރުވާނު އެޅި އަތްކުރު ކަޅު ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް އަދި ކަޅު ކުލައިގެ ބޫޓަކަށް އަރައިގެން ކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ.

އެއީ ކާކުކަން އަދި ދެނެގަނެވިފައި ނުވި ނަމަވެސް އެމީހާއަކީ ބިދޭސީއެއްކަމަށް ބެލެވޭކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ. އަދި މަރުވެފައި އޮއްވައި ފެނުނު އެމީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭ މީހަކު ވާނަމަ އެކަން ފުލުހުންނާއި ޙިއްޞާ ކުރެއްވުމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ އެދިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.