Advertisement

ދިވެހިރާއްޖެއާ ސޭޝެލްސްއިން ބޭއްވި މަތީ ފެންވަރުގެ މަޝްވަރާތަކުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

12 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ސޭޝެލްސްއާ ދިވެހިރާއްޖެއިން މަތީ ފެންަވަރުގެ މަޝްވަރާތައް ބާއްވައިފި

ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން މިހާރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުެގެ ތެރެއިން، ދެ ޤައުމުގެ މެދުގައި މަތީފެންވަރުގެ ރަސްމީ މަޝްވަރާތައް މިއަދު ބާއްވައިފިއެވެ.

މިބައްދަލުވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ސޭޝެލްސްގެ ރައީސް ވަނީ ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ސޭޝެލްސްގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އެޤައުމުގެ އިސްވެރިއަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުކަމުގައިވާތީ މިއީ ވަރަށް ތާރީޚީ ދަތުރުފުޅެއްކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު 2019 ވަނަ އަހަރު ސޭޝަލްސްއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އާ ކުރައްވަމުން އެދަތުރުފުޅަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް ކުރިއަށް އެޅިގެންދިޔަ ފިވަޅެއްކަން ފާހަގަކުރެއްވިއެވެ.

ދެބޭފުޅުންގެ ވާހަކަފުޅުގައި ދެ ޤައުމުގެ ގުޅުންތަކުގައި މިހާރު ގުނަމުންދަނީ މިދަނީ މުޅިން އާޒަމާނެއްކަން ފާހަގަކުރައްވައި ކުރިޔަތް އޮތް ދުވަސްތަކުގައި ދެޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިވެ ކުރިއަރައިގެންދާނެކަން ވަނީ ފާހަގަކުރައްވާފައިވެއެވެ. އަދި ދެބޭފުޅުން ވަނީ ކުރިމަގުގައި ދެޤައުމުން އިސްކަންދޭ އެކިދާއިރާތަކުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދެޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަތައް ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. ދެޤައުމުގެ ދެމެދު ބޭއްވުނު ރަސްމީ ވާހަކަތަކުގެ ކުރިން ދެބޭފުޅުން ވަނީ ވަކިން ބައްދަލުކުރައްވައި ވެސް މަޝްވަރާކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.