Advertisement

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، ރައީސް ނަޝީދު، ޖުމްހޫރީ ޕާޓީގެ ކޮންގެރްސްގައި -- ފޮޓޯ: ޖޭޕީ

10 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހި ކުރުމަކީ އެންމެންގެ ވާޖިބެއް: ރައީސް ނަޝީދު

މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހި ކުރުމަކީ އެންމެންގެ ވާޖިބެއް ކުރީގެ ރައީސް އަދިި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީން އެޕާޓީގެ ރިޔާސީ ޓިކެްޓް ޤާސިމް އިބްރާހިމްށް ރޭ ހަވާލުކުރުމާއި ގުޅިގެން މަރުޚަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދަށް ނާކާމިޔާބުވެވަޑައިގެންނެވުމާއ ގުޅިގެން އެމަނިކުފާނު ވަނީ، ޕާޓީގެ ތެރޭގައި ވަކި ފެކްޝަނެއް ހައްދަވައި ރިޔާސީ އިންތިޚާބަށް ނުކުންނެވުމަށް މަސައްކަތްޕުޅު ކުރައްވާފައެވެ. އެކަމުގައި ޤާސިމް އިބްރާހީމްގެ ތާއީދާއި މަދަދު ހޯއްދެވުމަށްވެސް ރައީސް ނަޝީދު މަސައްކަތްޕުޅު ކުރެއްވިއެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ހުށައެޅުއްވުންތައް ޤާސިމް އިބްރާހީމް ޤަބޫލުފުޅު ނުކުރެއްވުމުން، ރައީސް ނަޝީދުގެ އަރިސް ބޭފުޅުން މިހާރު ގެންދަވަނީ، އައު ސިޔާސީ ޕާޓީއެއް ހެއްދެވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ. މިގޮތުން، އަލަށް އުފައްދާ "ދަ ޑިމޮކްރެޓްސް" ޕާޓީއަކީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރެއްވުމަށް ފުރުޞަތު ހޯއްދަވައި ދެއްވުމުގެ ގޮތުން އުފައްދާ ޕާޓީއެއްކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފައެވެ.

ރައީސް ނަޝީދު ޤާސިމް އިބްރާހީމަށް މަރުޚަބާ ވިދާޅުވި އިރު، ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާ ދިޔައީ ވަރަށް ވަނދުކޮށެވެ. ޖަލްސާއަށް މީހުން ހާޟިރު ނުވެގެން ދޮޅުގަޑި އިރަށްވުރެ ގިނަ އިރު ޖަލްސާ ނުފަށައިވެސް އޮތެވެ. އަދި ވަރަށް މަދު މީސްކޮޅަކާއި އެކު ޖަލްސާ ކުރިޔަށް ގެންދިޔައިރު، ޖަލްސާއިން ފެނިގެން ދިޔައީ ޤާސިމް އިބްރާހީމަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނެ މަންޒަރުކަމަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.