ޚަބަރު
ޚަބަރު
30 Jun 2023
ޚަބަރު
ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހަކު ނިޔާވެއްޖެ
އޭނާއަކީ މިނާއިން ގެއްލިގެން ހޯދަމުން ދިޔަ މީހެކެވެ. ހައްޖު ވިލޭރޭއިންފެށިގެން އޭނާ ގެއްލިގެން ހޯދަމުން އަންނަނިކޮށް ސަޢޫދީގެ ކަމާއި ބެހޭ ފަރާތްތަކަށް އޭނާ ފެނިގެން އެމަޢުލޫމާތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ޙިއްޞާކޮށްފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
28 Jun 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނަބަލުން ތޮއްޑޫގެ ރައްޔިތުންނާއި އެކު ޢީދުގެ އުފަލުގައި ބައިވެރިވެވަޑައިގެންފި
28 Jun 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ އިސްލާމީ މަރުކަޒުގެ ޢީދު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވި މީހުންނާއި ޢީދު ސަލާމް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ވަނީ ޢާންމުންގެ ގިނަ ފަރާތްތަކަކާއި ބައްދަލު ކުރައްވައި، ޢީދު ސަލާމްކުރައްވައި، އެފަރާތްތަކަށް ޢީދުގެ ތަޙްނިޔާ ވިދާޅުވެފައެވެ. މިއަހަރުގެ އަޟުޙާއީދާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި އެންމެހައި ރައްޔިތުންނަށާއި، އިސްލާމީ އުއްމަތުގެ އެންމެހައި އަޚުންނާއި އުޚްތުންނަށް ޢީދުގެ ތަޙްނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
26 Jun 2023
ޚަބަރު
މާފަރުން ފެނުނު ކަމަށް ބުނާ "މިނިކާވަގު"އާ ގުޅޭ އެތައް ސުވާލުތަކެއް؟ ސިފައިން ދަނީ ފަޅު ސަރަހައްދުތައް ބަލަމުން.
މިހާތަނަށް ސިފައިން ކުރި މަސައްކަތުން އެފަދަ ޖަނަވާރެއް އަދި އެފަދަ ޖަނަވާރެއްގެ ފިޔަވަޅުގެ ނިޝާނެއްވެސް ފެނިފައި ނުވާކަމުގައި މާފަރުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ. މާފަރު އެއާޕޯޓުގެ ރަންވޭގެ ބިއްދަށުން، ބޮޑު ޖަނަވާރެއް ކަމަށް ބެލެވޭ އެއްޗެއް ހިނގާފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އަދި އެވީޑިއޯއަކީ، މާފަރު އެއާޕޯޓުގައި މަސައްކަތްކުރާ، ބިދޭސީ މުވައްޒަފުންތަކެއް ނަގާފައިވާ ވީޑިއޯއެއް ކަމުގައިވެސް މާފަރު ކައުންސިލުން ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައެވެ.
26 Jun 2023
ޚަބަރު
ޝަރުޠުހަމަވާ އެންމެނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައި: އަސްލަމް
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދުނު ފަރާތްތަކުގެ ލިސްޓް ހާމަކުރުމުގެ ކުރިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.  މިނިސްޓަރ އަސްލަމް ވިދާޅުވީ، ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން މިބުރު ދޫކުރުމަށް ހަމަޖައްސާފައިވާ 5000 ގޯތީގެ އިތުރުންވެސް ޝަރުޠު ހަމަވާ ފަރާތްތަކަށް ގޯތި ދޫކުރުމާއި ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
26 Jun 2023
ޚަބަރު
ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓް އާއްމުކޮށް ޝަކުވާ ހުށައަޅަން ފުރުޞަތު ހުޅުވާލައިފި
މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19858 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައި ކަމަށެވެ. އެހެން ނަމަވެސް މިބުރުގައި ގޯތި ލިބެނީ، 10314 މީހުންނަށް ކަމުގައި އަސްލަމް ވިދާޅުވިއެވެ.
26 Jun 2023
ޚަބަރު
އެމްޑީޕީއާ އެމްޑީޕީގެ މެމްބަރުން އަބަދުވެސް ދާނީ ކުރިއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ ހެޔޮ އެދުމާއި ތަޙްނިޔާ ފޮނުއްވައި، ކުރެއްވި ޓްވީޓެއްގައެވެ. އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅުުވައިގެން ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެމަނިކުފާނަށް ކާމިޔާބުވެ އަދި ރައީސް ނަޝީދަށް ނާކާމިޔާބުވުމުން ދެބޭފުޅުންގެ ގުޅުން ވަނީ ގޯސްވެފައެވެ. އަދި އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދު ވަކި ފެކްޝަނެއް ހައްދަވައިގެން އެމްޑީޕީގެ އެންމެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އާއި ދެކޮޅަށް 6 މަސްދުވަހު މަސައްކަތް ކުރެއްވުމަށްފަހުގައި، ކުރި ނުލިބުމުން ޕާޓީން ވަނީ ވަކިވެވަޑައިގެންފައެވެ. އަދި އެމްޑީޕީގައި ތިބި ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން އެމްޑީޕީން ވަކިވެ އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް މިހާރު މަސައްކަތް ކުރަމުންދާއިރު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ، ރައީސް ނަޝީދު ކަމުގައި ނުރަސްމީ ގޮތެއްގައި އެބޭފުޅުންވެސް ގެންދަނީ ވިދާޅުވަމުންނެވެ.
26 Jun 2023
ޚަބަރު
ވަކި ފަރުދަކަށްވުރެ އެމްޑީޕީ އަދި މިޤައުމު، މިޕާޓީގެ މެމްބަރުންނަށް މާބޮޑު: ފައްޔާޒް
މީގެ އިތުރުން ފާއިތުވި 18 އަހަރު އެމްޑީޕީއަށް ކުރިމަތިވި ގޮންޖެހުންތަކާއި، ޕާޓީގެ މެމްބަރުން އުފުލަންޖެހުނު ތަކުލީފުތަކާއި، އެމްޑީޕީގެ ފުރަތަމަ ވެރިކަން ގެއްލި ދިޔަ ގޮތުގެ ހަނދާންތައް ފައްޔާޒުގެ ޚިޠާބުގައި އައުކުރެއްވިއެވެ. އަދި އެމްޑީޕީގެ ތެރޭގައި މިފަހުން އުފެދުނު ސިޔާސީ ކޯޅުންގަނޑުގެ މައްޗަށްވެސް ނުސީދާ ގޮތެއްގައި ފައްޔާޒް ވާހަކަފުޅުދެއްކެވިއެވެ. ފައްޔާޒް ވިދާޅުވީ، މިއަދުގެ ކާމިޔާބީއަށް އެމްޑީޕީ ވާޞިލްވެފައި މިވަނީ، ފަސޭހަ ދަތުރަކުން ނޫންކަމަށާއި، އެތެރޭގެ ގޮންޖެހުންތަކުން ކުރިމަތިވިި ތަކުލީފުތަކަކީ ސިޔާސީ ޕާޓީއަކުން ތަހައްމަލުކުރާނެ އެންމެ އުނދަގޫ މަރުހަލާކަމަށެވެ. ކެތްތެރިކަމާއެކު ޕާޓީގެ މަސްލަހަތު ހިފެހެއްޓި، އެމްޑީޕީގެ އަސާސްކަމުގައިވާ ޑިމޮކްރަސީގެ ހަމަތަކަށް އެންމެ ކުރިއަށް ނެރެ، ހިތި ހަގީގަތްތަކާއެކު ހިތުގެ އެއް ފަޅީގައި އެ ހިތާމަ ބަނދެގެން އެމްޑީޕީ ވަނީ އެކަން ބަރުދާސްތުކޮށްފައި ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.
25 Jun 2023
ޚަބަރު
ޖުލައި 2 ގައި ދަ ޑިމޮކްރެޓްސްއަށް ޖަލްސާ ބާއްވަން ހުއްދަ ދެނީ
އޭނާ ވިދާޅުވީ، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، ޖުލައި 2 ވާ އާދީއްތަ ދުވަހު ދިނުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާނޭ ކަމުގައި، ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް މިހާރުވާނީ ދަންނަވާފައި ކަމަށެވެ. ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ޖުލައި 2 ވަނަ ދުވަހު ހުއްދަ ދިނުމަށް ނިންމައި އިލެކްޝަންސް ކޮމިޝަނުން އެކަން އިޢުލާނު ކުރި އިރު، ޕާޓީ ރަޖިސްޓްރީކޮށް ނުދީގެން ކަމަށް ބުނެ ޖޫން 18 ވަނަ ދުވަހު، ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ފަރާތްތަކުން ވަނީ، އިލެކްޝަންސް ކޮމިޝަނަށް ވަދެ އަޑު ގަދަކޮށް ނޫސްބަޔާންތައް ދީ ހަދާފައެވެ.
25 Jun 2023
ޚަބަރު
ޖާބިރު އެމްޑީޕިއަށް ސޮއި ކުރައްވައިފި
ޖާބިރު އެމްޑީޕީއަށް ސޮއެކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ސޯލްޓްގައެވެ. މި ރަސްމިއްޔާތުގައި އެމްޑީޕީގެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމްޑީޕީގެ ޗެއާ ޕަރސަން ފައްޔާޒު އިސްމާޢީލާއި ޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މެމްބަރު ޖާބިރު މީގެ ކުރިންވެސް އެމްޑީޕީއާ ގުޅިވަޑައިގެންނެވިއެވެ.
24 Jun 2023
ޚަބަރު
މޫސުމްގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެެރެފައި ވަނީ މިއަދުގެ މެންދުރުފަހު 13:15 އިން ފެށިގެން މިރޭގެ 19:00 އާ ހަމައަށެވެ. ވައިޓް އެލާޓް ނެރެފައި ވަނީ ށ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގައިވާ ސަރަހައްދަށެވެ. މިގޮތުން މޫސުމް ގޯސްވެ ވައިގަދަ ވުމާއިއެކު ކަނޑުތައް ގަދަވާނެ ކަމަށާއި، އެވްރެޖްކޮށް ގަޑިއަކު 19 މޭލާއި، 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ. މިދުވަސްވަރަކީ، ގިނަ އަދަދެއްގެ ބަޔަކު އީދު ބަންދުގެ ޗުއްޓީއަށް އަތޮޅުތަކަށް ދަތުރުކުރާ ދުވަސްވަރުކަަަމަށް ވުމުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންނާއި ކޯސްޓް ގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.
24 Jun 2023
ޚަބަރު
ޤާނޫނަށް ގެނައި އިސްލާޙާއެކު ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ދޭ މުއްދަތު އިތުރުކޮށްފި
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާޢީލް ޙަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލާ މީހުންގެ އެޕްލިކޭޝަން، އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އިން، ބަލައިގަންނާނީ، ޖުލައި 23 ވާ އާދީއްތަ ދުވަހުން ފެށިގެން، އޮގަސްޓް 7 ވާ ހޯމަދުވަހު ގެ ނިޔަލަށް ކަމަށެވެ. މިބަދަލު ގެނައީ ރިޔާސީ އިންތިޚާބުގެ ޤާނޫނަށް 4 ވަނަ އިސްލާޙް ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައި، ބުރާސްފަތި ދުވަހު އެޤާނޫނު ގެޒެޓްކުރެއްވުމާއި ގުޅިގެންނެވެ. ކުރިން ޤާނޫނުގައި އޮންނަނީ، އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ކެންޑިޑެންސީ ހުށައެޅުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެހެން ނަމަވެސް ޤާނޫނަށް އަލަށް ގެނައި އިސްލާޙުގައި ވާގޮތުން، ކެނޑިޑޭޓުންނަށް ކެނޑިޑެންސީ ހުށައެޅުމަށް، 14 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ.
23 Jun 2023
ޚަބަރު
ސިވިލް ސަރވިސް ކެޓަގަރީން 50 ޕޮއިންޓަށްވުރެ ދަށުން ލިބިފައިވާ ފަރާތްތަކަށްވެސް ހިޔާފްލެޓް ދިނުމަށް ނިންމަވައިފި
އެ އޮފީހުން ބުނީ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. މިގޮތުން، ވަޒީރުގެ މަޖިލީހުގައި މަޝްވަރާކުރައްވާފައި ވަނީ ހިޔާ ސްކީމުގެ ސިވިލް ސަރވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕޮއިންޓަށްވުރެ ދަށުން މާރކްސް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުނުކުރާގޮތަށް ސަރުކާރުން ކުރިން ނިންމަވާފައިވާ ނިންމެވުމާއެކު އެކެޓަގަރީން ފްލެޓް ހަވާލުނުކޮށްތިބި 45 ފަރާތަކަށް ފެލެޓްހަވާލުކުރުމާއި ގުޅޭ ގޮތުންނެވެ.
23 Jun 2023
ޚަބަރު
އަމީރުލް ޙައްޖު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހައްޖަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރޭ ޖިއްދާއަށް ފުރާވަޑައިގެންނެވީ، ޤަޠަރު އެއާވޭސްގެ ފްލައިޓެއްގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް އަލްވަދާޢު ވިދާޅުވީ، ހެލްތު މިނިސްޓަރ އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙުމަދު ޒާހިރާއި، ފޮރިން މިނިސްޓްރީގެ އިސްބޭފުޅުންނެވެ. އަމީރުލް ހައްޖުގެ ހައިސިއްޔަތުން، މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ އެންމެހައި ހައްޖާޖީގެ ކަންކަން ބަލަހައްޓަވާނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
23 Jun 2023
ޚަބަރު
ލޮލަށް ނުފެންނަ މީހުންނަށް އަމިއްލައަށް ވޯޓުލެވޭނެ ގޮތް ހަމަޖެއްސުމަށް ޤާނޫނަށް ގެނައި އިސްލާޙް ރައީސް ތަސްދީޤު ކުރައްވައިފި
މިޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙަކީ، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭނަމަ، އެކަން ކުރާނެ ގޮތް ބަޔާންކުރުމެވެ. މިޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހަކު އަމިއްލައަށް ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ބޭނުންވާނަމަ، އެމީހަކަށް ފާހަގަޖެހުމަށްދޭ ވޯޓު ކަރުދާސް އޮންނަން ވާނީ އެކަމަށް ޚާއްސަކޮށްފައިވާ ޓެމްޕްލޭޓެއްގެ ތެރެއަށް ލާފައެވެ. އަދި އެޓެމްޕްލޭޏް ހުންނަންވާނެ ގޮތްވެސް ޤާނޫނަށް ގެނައި އެ އިސްލާޙްގައި ބަޔާންކޮށްަފައިވެއެވެ.
22 Jun 2023
ޚަބަރު
ރިޔާސީ އިންތިޚާބަށް ކެންޑިޑެންސީ ހުށައެޅުމަށްދޭ މުއްދަތު އިތުރުކޮށްފި
ޤާނޫނު ނަންބަރު 12/2008: ރިޔާސީ އިންތިޚާބުގެ ޤާނޫނަށް 4 ވަނަ އިސްލާޙް ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާފައި ވަނީ ބުދަ ދުވަހުގައެވެ. މިޤާނޫނަށް އިޞްލާޙް ގެނެސްފައިވަނީ، 5 ވަނަ މާއްދާގެ (ރ) އަށެވެ. މިގޮތުން އެމާއްދާއަށް ގެނެސްފައިވާ މައިގަނޑު އިޞްލާޙަކީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމަށް ކުރިން ދީފައި އޮންނަ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމެވެ.