Advertisement

މާފަރު އެއާޕޯޓުން މިނިކާވަގެއް ފެންނަކަމަށް ބުނާ ވީޑިއޯގެ ސްކްރީންޝޮޓެއް ---

26 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

މާފަރުން ފެނުނު ކަމަށް ބުނާ "މިނިކާވަގު"އާ ގުޅޭ އެތައް ސުވާލުތަކެއް؟ ސިފައިން ދަނީ ފަޅު ސަރަހައްދުތައް ބަލަމުން.

މާފަރު އެއާޕޯޓުން މިއަދު މިނިކާވަގެއްކަމަށް ބެލެވޭ ޖަނަވާރެއް ފެނިގެން ރިޕޯޓްކޮށްފައި ވާތީ އެކަން ބަލަމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިހާތަނަށް ސިފައިން ކުރި މަސައްކަތުން އެފަދަ ޖަނަވާރެއް އަދި އެފަދަ ޖަނަވާރެއްގެ ފިޔަވަޅުގެ ނިޝާނެއްވެސް ފެނިފައި ނުވާކަމުގައި މާފަރުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ.

މާފަރު އެއާޕޯޓުގެ ރަންވޭގެ ބިއްދަށުން، ބޮޑު ޖަނަވާރެއް ކަމަށް ބެލެވޭ އެއްޗެއް ހިނގާފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އަދި އެވީޑިއޯއަކީ، މާފަރު އެއާޕޯޓުގައި މަސައްކަތްކުރާ، ބިދޭސީ މުވައްޒަފުންތަކެއް ނަގާފައިވާ ވީޑިއޯއެއް ކަމުގައިވެސް މާފަރު ކައުންސިލުން ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ ޓާމިނަލާއި ފިއުލްފާމް ހުންނަ ސަރަހައްދުތައް ފިޔަވައި، އެއާޕޯޓުގެ ބޮޑު ބަޔަކީ ފަޅަށް އޮންނަ ސަރަހައްދުތަކެކެވެ. އެހެންވެ އެއްވެސް ބާވަތެއްގެ ޖަނަވާރެއް އެސަރަހައްދުގައި އުޅޭތޯ ސިފައިން ދަނީ ބަލަމުންނެވެ.

މާފަރު އެއާޕޯޓުގެ ސަރަހައްދުން ފެނުނީ މިނިކާވަގެއް ކަމަށް ބުނެ، ވާހަކަތައް ފެތުރުމާއި އެކު މާފަރުގެ ރައްޔިތުންގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. އަދި ހަމަ އެއާއެކު ދައުރުވަމުންދާ ވީޑިއޯއާމެދުވެސް ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

މާފަރު އެއާޕޯޓުން "މިނިކާވަގެއް" ފެންނަ ކަމަށް ބުނާ ވީޑިއޯ:

މިވީޑިއޯއަކީ މޯބައިލް ފޯނަކުން ނަގާފައިވާ ވީޑިއޯ އެކެވެ. ވީޑިއޯގައި ގައި ފެންނަނީ، ތާރުއަޅާފައި އޮތް ތަނެއްގެ ބިއްދޮށު ފަރާތުން، ޖަނަވާރެއްކަމަށް ބެލެވޭ އެއްޗެއް ހިނގާފައިދާ މަންޒަރެވެ. ވީޑިއޯގެ ބެކްގްރައުންޑުން އިވެނީ ބިދޭސީ ބަޔަކު ވާހަކަދައްކާ އަޑެވެ.

މިވީޑިއޯ އާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި މީހަކު އުފެއްދި އެއް ސުވާލަކީ، ހަމަ ޙަޤީޤަތުގައިވެސް ވީޑިއޯއިން ފެނަްނަ ތަނަކީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުތޯއެވެ. ވީިޑިއޯ ނަގާފައިވާ އެންގަލްއިން ތާރު އަޅާފައިވާ ތަނެއް ފެނުނު ނަމަވެސް އެއީ ރަންވޭއެއް ކަމެއް ޔަޤީނެއް ނޫނެވެ. ފަހަރެއްގައި ރަންވޭގައި ހުދުން ފަވާފައި ހުންނަ ނިޝާންތައް ފެންނަން ނެތީ، ފޯނުގެ ކެމެރާ އެންގަލް ހުރި ގޮތުން ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް ސޯޝަލްމީޑިއާގައި އެސުވާލު އުފެއްދި މީހާ ކޮށްފައިވާ އެއް ސުވާލަކީ، އެއީ މާފަރު އެއާޕޯޓުނަމަ އެތަނުގެ ދެވަނަ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އޮތްތޯއެވެ.

ވީިޑިއޯގައި ފެންނަނީ، ޖަނަވާރެއްތަ؟

ވީޑިއޯއާމެދު ސޯޝަލްމީޑިއާގައި ޚިޔާލުފާޅުކުރި އެހެން މީހަކު ބުނީ، ދުރުން ފެންނަ އެ އެއްޗަކީ، ވެހިކަލެއް ކަމަށެވެ. އެހެންނަމަވެސް އެ ވީޑިއޯ ޒޫމްކޮށްގެން ބެލުމުން ވީޑިއޯގައި ފެންނަނީ ޖަނަވާރެއްކަން އެނގެއެވެ. އަދި ޒޫމްކޮށްގެން ބެލުމުން އެއީ މިނިކާވަގެއް، 

ހަމަ އަސްލުވެސް މިނިކާވަގެއްތަ؟

މާފަރު އެއާޕޯޓުން ފެނުނު އެއްޗަކާއި މެދު އެންމެ ބޮޑަށް ކަންބޮޑުވާމީހުން ކުރާ ސުވާލަކީ އެއީ ހަމަ އަސްލުގައިވެސް މިނިކާވަގެއްތޯއެވެ. މިނިކާވަގެއް ނަމަ، އޭތި ފިލައިގެން އުޅޭނެ ކަމަކަށް ނުބެލެވެއެވެ. އެއީ ކާނާގެ ގޮތުގައި ޝިކާރަކުރެވޭނެ އެހެން ބާވަތްތަކުގެ ޖަނަވާރު އެސަރަހައްދުގައި ނޫޅޭތީ، އެއީ މިނިކާވަގެއް ނަމަ ޝިކާރަ ކުރުމަށް އެހެން ސަރަހައްދުތަކަށް ނުކުންނާނެތީއެވެ. މިނިކާވަގަކީ އިންސާނުންނަށް ހަމަލާދޭ ޖަނަވާރަކަށް ވާއިރު، އޭތި ބޮނދައި އޮންނާނީ ޝިކާރައެއް އަތުލައިގަތުމަށެވެ. އެނޫން ގޮތަކަށް މިނިކާވަގަކީ، ޖަންގަލީތެރެއާ ގަސްތަކުގެ ތެރޭގައި ފިލައިގެން އުޅޭ ޖަނަވާރެއް ނޫނެވެ. އެހެންވެ، މިހާތަނަށްވެސް ދެވަނަ އެހެން މީހަކަށް އެފަދަ ޖަނަވާރެއް މާފަރު އެއާޕޯޓުން ފެނިފައި ނުވާތީ، ވީޑިއޯގައި ފެންނަ ޖަނަވާރަކާއި މެދު ސުވާލު އުފެެދެއެވެ. އަނެއްކޮޅުން މިނިކާވަގަކީ ދުުރު ހިސާބުތަކަށް ފަތާފައި ދިޔުމުގެ ޤާބިލްކަން ލިބިފައިވާ ޖަނަވާރަކަށް ނުވާތީ، މާފަރަށް އެފަދަ ޖަނަވާރެއް އަރައިފާނެ ގޮތަކާއި މެދުވެސް ސުވާލުތައް އެބަ އޮތެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.