Advertisement

ވިލިމާލެއިން ގެއްލިގެން ހޯދަމުންދާ، މ. އާޒާދީގުލްޝަން / އާޠިފާ ޢަބްދުﷲ (53އ)--

01 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ގެއްލިގެން ހޯދަމުންދާ މީހާ އަދި ފެނިފައި ނުވާކަމަށް ފުލުހުން ބުނެފި

ވިލިމާލެއިން ގެއްލިގެންހޯދަމުންދާ މީހާ އަދި ފެނިފައި ނުވާކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ، ގެއްލިގެން ހޯދަމުންދާ، މ. އާޒާދީގުލްޝަން / އާޠިފާ ޢަބްދުﷲ (53އ) މިހާތަނަށް ފެނިފައި ނުވާކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.

އާތިފާ ފެނިއްޖެކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ހާމަކޮށްފައި ވީނަމަވެސް ފުލުހުން ބުނީ އާތިފާ ނުފެންނަ ކަމަށެވެ. އަދި ވިލިމާލޭގެ ފިހާރައެއްގެ ނަމްބަރު އާއިލާއަށް އާތިފާ ފޯނުކުރިކަމަށް އާއިލާއިން މަޢުލޫމާތު ދީފައިވާތީ އެފޯނު ކޯލް ކުރީ އާތިފާތޯ ޔަޤީންކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، އާތިފާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު ހެނދުނު 10:25 ހާއިރުގައި ކަމަށެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން، ޖޫން 30 ވަނަ ދުވަހުގެ 22:45 އެހައިކަންހާއިރުކަމާއި އޭރު ލައިގެންހުރީ ފެހިކުލައިގެ ހެދުމެއްކަމާއި އަޅައިގެންހުރީ ފިޔާތޮށި ކުލައިގެ ޝޯލެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އާޠިފާ ޢަބްދުﷲ ގެ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ޙިއްޞާކުރެއްވުމަށްވެސް ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.