Advertisement

ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް --

26 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ޝަރުޠުހަމަވާ އެންމެނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައި: އަސްލަމް

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށައެޅި މާލޭގެ ހުރިހާ ރައްޔިތުންނަށް ގޯތި ދިނުމުގެ ސިޔާސަތެއް ސަރުކާރުގައި އެބައޮތް ކަމަށާއި، ގޯއްޗަށް ޝަރުޠު ހަމަވި އެންމެނަށް ގޯތި ދޭނެ ކަމުގައި ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދުނު ފަރާތްތަކުގެ ލިސްޓް ހާމަކުރުމުގެ ކުރިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. 

މިނިސްޓަރ އަސްލަމް ވިދާޅުވީ، ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން މިބުރު ދޫކުރުމަށް ހަމަޖައްސާފައިވާ 5000 ގޯތީގެ އިތުރުންވެސް ޝަރުޠު ހަމަވާ ފަރާތްތަކަށް ގޯތި ދޫކުރުމާއި ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. 

"މިވަގުތަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރައްވާފައި ވަނީ، 5000 ގޯތި. މާލޭ ސަރަަހައްދުން މާލޭގެ ރައްޔިތުންނަށް ދެއްވުމަށް. މިވަގުތަށް އެ 5000 އެޕްލިކަންޓްސްއަކީ ކޮބައިކަން އެނގެން އޮންނާނެ. އަދި ޑިސްކޮލިފައިވީ ފަރާތެއް ނަމަ އެފަރާތެއް ޑިސްކޮލިފައިވި ސަބަބުވެސް ޕޯޓަލްއިން އެނގެން އޮންނާނެ. އަދި މިޕްރޮގްރާމްގައި، އެނގިވަޑައިގަންނަވާނެ އެންމެ ފަހުން، މިދިޔަ ބުރާސްފަތި ދުވަހު ކެބިނެޓްގެ ޚާއްސަ ބައްދަލުވުމެއް ބާއްވާފައި، ސަރުކާރުން ނިންމަވާފައި ވަނީ، މިޕްރޮގްރާމަށް ކޮލިފައިވި (ޝަރުޠުހަމަވި) ހުރިހާ ފަރާތްތަަކަކަށް، ގޯތި ދިނުމަށް ސަރުކާރުން ސިޔާސަތެއްގެ ގޮތުގައި ބާއްވައިގެން ކުރިޔަށް ދާނީ އޭ! އެހެން ރައީސް އެންމެ ފުރަތަމަ ވަޢުދުވެ ވަޑައިގެންނެވި 5000 ގޯއްޗަށް އެވާ ގޯތި ލިސްޓު މިއަދު ފެނިވަޑައިގަންނަވާނެ."

މުޙައްމަދު އަސްލަމް - މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވިގޮތަށް މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މިޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.