ޚަބަރު
ޚަބަރު
18 Jul 2023
ކީއްވެ އިބޫ؟
ރައީސް ޞާލިޙްއަކީ "ހިޑެން އެޖެންޑާ" އެއް ގެންގުޅުއްވާ ބޭފުޅެއް ނޫން: މެންބަރ ޔަޢުޤޫބު
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްއަކީ އެއްވެސް ކަމެއް ރައްޔިތުންނަށް ފޮރުވާފަ އޮތް، ނުވަތަ "ހިޑެން އެޖެންޑާ" އެއް ގެންގުޅުއްވާ ބޭފުޅެއް ނޫންކަމަށާއި، އެ މަނިކުފާނަކީ މަސައްކަތުގައި ތެދުވެރި ބޭފުޅެއް ކަމަށް ދާންދޫ ދާއިރާގެ މަޖިލިސް މެންބަރ ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މެންބަރު ޔަޢުޤޫބު މިހެން ވިދާޅުވީ "ނޫން" އަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އާއި އެހެން ރައީސުންނާއި ހުރި ތަފާތު ހާމަ ކުރައްވަމުންނެވެ.
17 Jul 2023
ޚަބަރު
ދެއަތޮޅަކަށް ރައީސް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލައްަވައިފި
"އުފާވެރި އަމާންރާއްޖެ" ކެމްޕޭން ދަތުރުފުޅުގައި ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ވަޑައިގެންނެވީ، މުލަކަތޮޅު ކޮޅުފުއްޓަށެވެ. އަދި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މުލަކަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ.
17 Jul 2023
ޖަޒީރާ ދިރިއުޅުން
ލަންދޫގެ މުހިންމު މަޝްރޫޢުތަކެއް ނިމިއްޖެ
2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސުލް ޖުމްހޫރިއްޔާ ވަނީ ލަންދޫއަށް ވަޑައިގެން އެ ރަށުގެ ބަނދަރު އިފްތިތާޙު ކޮށްދެއްވައިފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ, ލަންދޫ ބަނދަރު މަޝްރޫޢަކީ ލަންދޫ ރައްޔިތުން އެ މަނިކުފާނުގެ އަރިހުގައި ދެންނެވި ގޮތަށް ކުރިޔަށް ގެންދެވުނު މަޝްރޫޢަކަށް ވުމަކީ އިތުރު ހިތް ހަމަޖެހުމެއް އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވިއެވެ.
17 Jul 2023
ޚަބަރު
ސްޓެލްކޯގެ ތާރީޙާއި ގުޅިފައިވާ ވ. ތިނަދޫގެ އައު އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި
ތިނަދޫ އަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާ އެކު، ސްޓެލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެއެވެ. ސްޓްލްކޯއިން ތިނަދޫގެ ކަރަންޓްގެ ކަންތައްތަކާ ހަވާލުވި އިރު ހުރީ ވަރަށް ކުޑަ، އެންމެ ޖަނަރޭޓަރެއްކަމާއި އެހެން ނަމަވެސް، މިއަދު އަލަށް ރަސްމީކޮށް ހުޅުވުނު އިންޖީނުގެ ހުޅުވުމާއި ހަމަޔަށްވެސް، ބައު އިންޖީނުގޭގައި އައު ޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ ބޭނުންތަކާއި އެއްގޮތަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް އެ ރަށަށް ސްޓެލްކޯއިން ފޯރުކޮށްދީފައިވެއެވެ.
17 Jul 2023
ޚަބަރު
މިހާތަނަށް ސަތާރަހާހަށް ވުރެން ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީ
ހަމައެކަނި ހިލޭ ޑިގްރީއަށް ބަލާލިޔަސް, ދެމެހެއްޓެނިވި ތަރައްގީއަށް މި ސަރުކާރުން ކުރާ މަސައްކަތް ފެނިވަޑައިގަންނަވާނެކަމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެގޮތުން މިހާތަނަށް 17،858 ދަރިވަރުން ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރަން ފަށާފައިވާކަމަށާއި, އެތަނުން 6,540 ދަރިވަރުން މިހާރު މި މަރުހަލާ ނިމިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
16 Jul 2023
ޚަބަރު
ދިއްގަރުގައި، ޒަމާނީ ހޮސްޕިޓަލެއް އަޅުއްވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މ. އަތޮލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ، މ ދިއްގަރަށް ވަޑައިގެން އެރަށުގައި ބޭއްވި ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، މިހާރު ދިއްގަރު ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ އެއްކަމަކީ ރަށުގައި ތިބެގެން ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބުން ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ދައުރުގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ދިއްގަރުގައި އަޅުއްވައިދެއްވާނެ ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
16 Jul 2023
ވިޔަފާރި
މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަަދަދު މިލިޔަނަކަށް އަރައިފި
އެއްމިލިޔަން ވަނަ ފަތުރުވެރިއަކީ، ރަޝިޔާގެ ރައްޔިތެއްކަމުގައިވާ، އެންޓޯން ޕެވްލޯވްއެވެ. އޭނާއައީ އާއިލާއާއެކުގައެވެ. އެންޓޯން ޕެވްލޯވްއަށާއި އާއިލާއަށް، މަރުހަބާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރުސީގެ އިސްބޭފުޅުންނާއި އެއާޕޯޓުގެ އިސްވެރިންނެވެ.
16 Jul 2023
ޚަބަރު
"ކޯޓަށް ފަރިތަ"ގެ ނަމުގައި ޢާންމުން ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ސިވިލްކޯޓުން ފަށައިފި
މިއަދު މި ފެށުނު ކެމްޕެއިންގެ ސަބަބުން ކޯޓުތަކުން ދެމުން އަންނަ ޚިދުމަތްތަކުގެ މަޢުލޫމާތު ޢާންމުންނަށް ލިބުމުގައި ލުއި ފަސޭހަ ވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވަނީ ބުނެފައެވެ. މި ކެމްޕޭނަކީ، އެމެރިކަން ބާ އެސޯސިއޭޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ގުޅިގެން ކޯޓުތަކާއި ގުޅޭ މަޢުލޫމާތާއި ކޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕޭނެއްކަމުގައިވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފައެވެ.
16 Jul 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ދިއްގަރު ސިއްޙީމަރުކަޒުގެ އައު އިމާރާތް ހުޅުއްވައި ދެއްވައިފި
އެމަނިކުފާނު މި ޢިމާރާތް ހުޅުއްވައި ދެއްވީ، މުލަކަތޮޅުގެ ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.ދިއްގަރު ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު ޢިމާރާތުގައި، ޕަބްލިކް ހެލްތް ޔުނިޓަކާއި، އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން މެޑިކަލް ކޮންސިއުމަބްލްސް ސްޓޯރޭޖް ޔުނިޓެއް ހިމެނެއެވެ. މި އިތުރުކުރެވުނު ޢިމާރާތާއެކު ދިއްގަރު ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ.
16 Jul 2023
ޚަބަރު
ރަތްމަންދޫ އިންޖީނުގެ ރައީސް ހުޅުއްވައި ދެއްވައިފި
ރަތްމަންދޫ އިންޖީނުގެ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މިހާރު މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންމިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައި އިމާރާތްކޮށްފައިވާ މި އިންޖީނުގެއަކީ ބޭނުންވާ އިތުރު ޚިދުމަތްތައް ދެވޭނެ ޖާގަ ތަނަވަސް އިންޖީނުގެއެކެވެ. ރަތްމަންދޫ އައު އިންޖީނުގޭގައި 3 ޖަނަރޭޓަރު ސެޓް ބަހައްޓާފައިވާއިރު މި ޖަނަރޭޓަރުތަކުން ޖުމްލަ KW 480 ގެ ކަރަންޓު އުފެއްދޭނެއެވެ.
16 Jul 2023
ޚަބަރު
ކޮޅުފުށީގައި 2 އަހަރުގެ ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ
ކޮޅުފުށިން ވާހަކަދެއްކި މީހަކު މައުލޫމާތު ދިން ގޮތުގައި މަރުވި ކުޑަކުއްޖާގެ ގެ ހުންނަނީ މޫދާ ކައިރީގައެވެ. އަދި އެކުއްޖާ މޫދުގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ، ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. ކުޑަކުއްޖާގެ މަރާއި ގުޅޭ ގޮތުން އަދި މިހާތަނަށް ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
16 Jul 2023
ޚަބަރު
މުލަކު ޞިއްޙީމަރުކަޒުގެ އައު އިމާރާތް ރައީސް ހުޅުއްވައި ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އެއިމާރާތް ހުޅުއްވައި ދެއްވީ އެމަނިކުފާނު މުލަކަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުއެވެ. މުލަކު ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތުގައި އެމަރުކަޒުގެ މުވައްޒަފުންނާއި، މުލަކުގެ ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ރަށުގެ ޢާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވިއެވެ.
15 Jul 2023
ޚަބަރު
ޝައިޚް އިމްރާނާއި ގުޅޭ ގޮތުން، ޝައިޚް އާދަމް ނިޝާން ފަތުރާ ނަފްރަތަށް ޝައިޚް ޝިފާން ރައްދު ދެއްވައިފި
ޝައިޚް އިމްރާން ގެންނެވީ ހަދީސެއް ނޫންކަމަށާއި އެއީ ރަސޫލާގެ މައްޗަށް ހެއްދެވި ދޮގެއްކަމުގައި ވިދާޅުވެ އެންމެ ފުރަތަމަ ސޯޝަލް މީޑިއާގެ މަންސަތަކުގައި އެވާހަކަ ދެއްކެވީވެސް ޝައިޚް އާދަމް ނިޝާނެވެ. ޝައިޚް އާދަމް ނިޝާން ހައްދަވައި އާއްމު ކުރެއްވި ވީޑިއޯގައި، ސޫރަތުލް ތައުބާގެ 3 ވަަނަ އާޔަތް ތިލާވަތު ކުރެއްވި އިރު، އެއާޔަތުގެ އެއްކަލިމަ ޝައިޚް އާދަމް ނިޝާން ތިލާވަތު ކުރެއްވީ ރޯނުބައިކޮށްކަން ފާހަގަކުރައްވައި، ޝައިޚް ޝިފާން ކުރެއްވި ޓްވީޓުގައި ވަނީ، އާޔަތް ނުބައިކޮށް ތިލާވަތު ކުރެވުމުން ޝައިޚް ނިޝާނަކީ މާތް الله ގެ ކަލާމްފުޅު ތަޙްރީފްކޮށް ބަދަލު ކުރާމީހެއް ކަމުގައި ތުހުމަތު ކުރަންވީތޯ ސުވާލު ކުރައްވާފައެވެ.
15 Jul 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ނާލާފުށީ އައު އިންޖީނުގެ ހުޅުއްވައި ދެއްވައިފި
ނާލާފުށީ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ މިހާރު މުލަކަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ނާލާފުށީގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތަކީ، އެންމެ މިޒަމާނުގެ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގެއަކާ އޮފީސް އިމާރާތެކެވެ. އޮފީސް އިމާރާތުގައި ދަތިކަމެއް ނެތި 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީ އަކީ، 538 ކިލޯވޮޓްއެވެ. ކުރިން ނާލާފުށީ އިންޖީނުގެ ހުރީ ރަށގެ މެދުގައި ނަމަވެސް އައު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް އަޅާފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.
15 Jul 2023
ޚަބަރު
ކޮޅުފުށީގައި ސަރުކާރުން ހިންގެވި ބައެއް މަޝްރޫއުތައް ނިމި ރައީސް އިފްތިތާާޙްކޮށްދެއްވައިފި
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ވަނީ މ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި 8 ކްލާސްރޫމް ހުޅުވައިދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ނިމުންފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، އެރަށުގެ ފެނުގެ ނިޒާމު ރަސްމީގޮތުން ފަށްޓަވައިދެއްވާފައެވެ.
15 Jul 2023
ޚަބަރު
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދަތުރުފުޅެއްގައި ރައީސް މ އަތޮޅަށް ވަޑައިގެންފި
ރައީސްގެ މިދަތުރުފުޅުގައި މިއަދު ކޮޅުފުށީގެ ރައްޔިތުންނާއި ބައްދަލުކޮށްލެއްވުމުގެ އިތުރުން. މިސަރުކާރުން ކޮޅުފުށީގައި ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޚިދުމަތްތައް ވަނީ އިފްތިތާޙްކޮށް ދެއްވާފައެވެ. މިގޮތުން، މ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި 8 ކްލާސްރޫމް ހުޅުވައިދެއްވައި، ފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުންފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.