Advertisement

17 Jul 2023
ޚަބަރު
މިފްތާޙް މުޙައްމަދު

މިހާތަނަށް ސަތާރަހާހަށް ވުރެން ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީ

ހަމައެކަނި ހިލޭ ޑިގްރީއަށް ބަލާލިޔަސް, ދެމެހެއްޓެނިވި ތަރައްގީއަށް މި ސަރުކާރުން ކުރާ މަސައްކަތް ފެނިވަޑައިގަންނަވާނެކަމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެގޮތުން މިހާތަނަށް 17،858 ދަރިވަރުން ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރަން ފަށާފައިވާކަމަށާއި, އެތަނުން 6,540 ދަރިވަރުން މިހާރު މި މަރުހަލާ ނިމިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދަތުރުފުޅެއްގައި މިހާރު މުލަކަ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަޑުއްވަރީގައި ރައްޔިތުންނާއި ބައްދަލު ކުރައްވަމުންނެވެ.  

"މިހާތަނަށް ހަމައެކަނި ހިލޭ ޑިގްރީގައި 17،858 ދަރިވަރުން، އެ ޕްރޮގްރާމުގެ ތެރެއިން (ކިޔެވުން) ކުރިޔަށް އެބަގެންދޭ. 17،858 ދަރިވަރުން. މާނައަކީ ، ކުރިއަށް މިއޮތް ތިން-ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި ކުދިން ކިޔަވާ ނިމިގެން މަސައްކަތުގެ މާހައުލަށް ނިކުންނާނެއޭ. މިހާތަނަށް އައި އިރުގަ 6،540 ދަރިވަރުން ކިޔަވައި ނިމިއްޖެ"، ރަޢިސް ވިދާޅުވިއެވެ.

މި ދަރިވަރުންގެ ކުރިމަގާއި ގުޅޭގޮތުން ވާހަކަ ކުރިޔަށް ގެންދަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ސަރުކާރުގެ އަނެއް އަމާޒަކީ، ދަރިވަރުން ކިޔަވައިގެން އައިސް، ވަޒީފާ އަދާކުރާނެ ރަގަޅު ވަޒީފާތަކެއް އުފެއްދުން ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން، ތަޢުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް އައިސްފައިވާ ބޮޑެތި ކުރިއެރުންތަކުގެ ވާހަކަ "ނަންބަރުތަކުން" ރައީސް ފާހަކަ ކުރެއްވިއެވެ. އެގޮތުން، މިހާތަނަށް 1،578 ކްލާސް ރޫމާއި 85 މަލްޓިޕާޕަސް ހޯލް، ރާއްޖޭގެ އެކި ރަށްރަށުގައި ބިނާކޮށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. އަދި މިއީ މީގެ ދިހަވަރަކަށް ނޫނީ ފަނަރަވަރަކަށް އަހަރު ފަހަތަށް ބަލާލިޔަސް، ކުރިން ކުރެވިފައިނުވާވަރުގެ ބޮޑެތި މަސައްކަތްތަކެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ސަރުކާރުގެ އެހީގައި މިވަގުތު ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ އަދަދުތަކަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން މި ވަގުތު ވެސް ސްޓޫޑެންޓް ލޯނު ދޫކޮށްފައިވާ 3,000 އަށް ވުރެން ގިނަ ދަރިވަރުނާއި ސަރުކާރުގެ ސްކޮލަރޝިޕްތަކުގައި 1,265 ދަރިވަރުން ރާއްޖެއިން ބޭރުގައި ކިޔަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ

މީގެ އިތުރުން މި ހިނގާ 2023 ވަނަ އަހަރު ހުޅުވައިލި ސްޓޫޑެންޓް ލޯނަށް ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ނިންމާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ އިޢުލާން ކުރައްވާފައެވެ. އެ މަނިކުފާނު މިކަން އިޢުލާން ކުރެއްވީ, 2020-2021 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަގަޅު ނަތީޖާ ހާސިލްކުރި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމަށް މިދިޔަ މެއި މަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.