Advertisement

18 Jul 2023
ކީއްވެ އިބޫ؟
މިފްތާޙް މުޙައްމަދު

ރައީސް ޞާލިޙްއަކީ "ހިޑެން އެޖެންޑާ" އެއް ގެންގުޅުއްވާ ބޭފުޅެއް ނޫން: މެންބަރ ޔަޢުޤޫބު

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްއަކީ އެއްވެސް ކަމެއް ރައްޔިތުންނަށް ފޮރުވާފަ އޮތް، ނުވަތަ "ހިޑެން އެޖެންޑާ" އެއް ގެންގުޅުއްވާ ބޭފުޅެއް ނޫންކަމަށާއި، އެ މަނިކުފާނަކީ މަސައްކަތުގައި ތެދުވެރި ބޭފުޅެއް ކަމަށް ދާންދޫ ދާއިރާގެ މަޖިލިސް މެންބަރ ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މެންބަރު ޔަޢުޤޫބު މިހެން ވިދާޅުވީ "ނޫން" އަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އާއި އެހެން ރައީސުންނާއި ހުރި ތަފާތު ހާމަ ކުރައްވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން މެންބަރ ޔަޢުޤޫބު ފާހަގަ ކުރެއްވި ގޮތުގައި، މީގެ ކުރިން އެމް. ޑީ. ޕީ. ގެ ތެރެއިން ރައީސްކަން ކުރެއްވި ބޭފުޅާ ދިވެހި ބަހުން ވިދާޅުވާ އެއްޗެއް، އެ ޕަޓީގެ މެމްބަރުން އިތުރަށް ރައްޔިތުންނަށް އޮޅުންފިލުވައިދީ، ތަރުޖަމާކޮށްދޭންޖެހެއެވެ. ނަމަވެސް މިއަދުގެ ރައީސް ރައްޔިތުންނަށް މުހާތަބުކޮށް ދަންނަވާ އެއްޗެއް އިތުރަށް ރައްޔިތުންނަށް ތަރުޖަމާ ކޮށްދޭން ނުޖެހޭކަމަށް ފާހަގަ ކުރެއްވިއެވެ.

"ރައީސް ޞާލިޙް އަކީ އެއްވެސް ކަމެއް ފޮރުވާފައޮތް، ހިޑެން އެޖެންޑާއެއް ގެންގުޅުއްވާ ބޭފުޅެއް ނޫން. ވަރަށް ސާދާ، ސާފު، އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެ ކުރައްވަނީ ތެދުވެރިކަމާއިއެކު. ވިދާޅުވާ ބަސްފުޅެއް ވެސް ވިދާޅުވާނީ އެހެން"، ރައީސް ޞާލިޙް އާއި އެހެނިހެން ރައީސުންނާއި ހުރި ތަފާތު ފާހަގަ ކުރައްވަމުން މެންބަރ ޔަޢުޤޫބު ވިދާޅުވިއެވެ

މީގެ އިތުރުން އެ ބޭފުޅާ ނިސްބަތްވެ ވަޑައިގަންނަވާ އެމް. ޑީ. ޕީ. އިން ކުރިން ބޭނުން ކުރި ބައެއް ޝިޢާރު ތަކުގައި ވަކި ބޭފުޅެއްގެ ނުފޫޒާއި އެކު، ސިއްރު އެޖެންޑާއެއް ގެންގުޅުއްވިކަމަށް ތުހުމަތު ކުރެއްވެވިއެވެ. އެގޮތުން "އަނެއް ދިވެހިރާއްޖެ" އަކީ ކޮން ދިވެހިރާއްޖެއެއްކަން ނޭންގޭ ކަމަށާއި, "ފިކުރެއްގެ ދިރުން" އެއީ ކޮން ފިކުރެއްކަން އެނގި ނުލައްވާކަމަށް މެންބަރ ޔަޢުޤޫބު ވިދާޅުވިއެވެ.

އެހެން ރައީސެއްގެ މިސާލު ޖައްސަވަމުން މެންބަރ ޔަޢުޤޫބު ވިދާޅުވީ، "އެމް. ޑީ. ޕީ. އެންމެ ފުރަތަމަ ފެށިގެން އައިއިރު އަޅުގަނޑުމެންނަށް ފެނޭ ބައިވަރު އެކިއެކި ޝިއާރުތައް ބޭނުން ކުރާތަން. މިސާލަކަށް އަނެއް ދިވެހިރާއްޖެ. އެއީ ކޮން ދިވެހިރާއްޖެއެއް ކަމެއް އޭރު ވެސް މިހާރު ވެސް އަޅުގަނޑުމެނަކަށް ނޭންގެ. އެމް. ޑީ. ޕީ. ގެ ރިޔާސީ ޕްރައިމަރީގަ ވެސް ފިކުރެއްގެ ދިރުން، އެއީ ކޮން ފިކުރެއްގެ ވާހަކައެއް ކަމެއް ވެސް އަޅުގަނޑުމެންނަކަށް ނޭންގޭ".

ރައީސް ޞާލިޙްގެ ސަރުކާރު ސިފަ ކުރަވަމުން މެންބަރ ޔަޢުޤޫބު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް، އެއް މަޝްރޫޢަށް ވުރެ ގިނަ މަޝްރޫއު ހިންގާ ސަރުކާރެއް, ރައީސް ޞާލިޙްގެ ސަރުކާރު ނޫނިއްޔާ ނާންނަ ކަމަށާއި، ރައްޔިތުންނަށް ހަމައެކަނި ހެޔޮ އެދިގެން ޚިދުމަތްކުރާ ރައީސް އަކީ ރައީސް ޞާލިޙް ކަމަށެވެ

"ރައްޔިތުންނަށް ހެޔޮ އެދިގެން ވެރިކަންކުރާ ހަމައެކަނި ރައީސަކީ ވެސް އަދި ހަމައެކަނި ސަރުކާރަކީ ވެސް މިއީ. އެހެންވީމާ ރާއްޖޭގެ ރައްޔިތުންނަށް ހެވާއި ލާބައަށް އެދިގެން މަސައްކަތްކުރާ، ވެރިކަން ކުރާ ރައީސްއަކީ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް"، މެންބަރ ޔަޢުޤޫބު ވިދާޅުވިއެވެ

މެންބަރ ޔަޢުޤޫބުގެ ވާހަކަފުޅުގައި، އަތޮޅު ތެރޭގެ ރައްޔިތުންގެ އިތުރުން، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، އެ ރައްޔިތުން ނިކަމެތި ހާލަތުން ސަލާމަތް ކޮށްދިނުމަށް ރައީސް ޞާލިޙް ކުރައްވާ ބުރަ މަސައްކަތް ވެސް ފާހަގަ ކުރެއްވިއެވެ

"ބޯހިޔާވަހިކަމުގެ ދަތިކަމުގައި އެތަކެއް ދުވަސްތަކެއް ވޭތު ކުރަމުން ދާ މާލޭގެ ރައްޔިތުންގެ ނިކަމެތި ހާލަތު ބަދަލު ކޮށްދެއްވުމަށް އަދުގެ ސަރުކާރުން މަސައްކަތް ކޮށްދެއްވާ، ބޯހިޔާވަހިކަމަށް އެ ގެނެސްދެއްވަނީ ރަގަޅު ހައްލެއް"، މެންބަރ ޔަޢުޤޫބު ވިދާޅުވިއެވެ.

އިންޓަވިއު ނިންމަވާލެއްވުމުގެ ކުރިން މެންބަރު ޔަޢުޤޫބު ފާހަގަ ކުރެވި ގޮތުގައި، އެހެން ލީޑަރުންނާއި ޚިލާފަށް ރައީސް ޞާލިޙް މަސައްކަތް ކުރައްވަނީ ރަށްރަށުގެ އާބާދީއަށް ނުބަލާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށެވެ. ކުޑަ އާބާދީއަކަށް ވީތީ އަސާސީ ޚިދުމަތްތަކުން އެއްވެސް ރައްޔިތަކު މަހްރޫމްވެގެން ނުވާނެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ވިސްނުންހުރީ، ރައްޔިތުން އެއް ފަސްކޮށް، ނޫނީ ހަމައެކަނި ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށުގައި ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ކަމަށްށެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.