Advertisement

ރާއްޖެއައި އެއްމިލިޔަން ވަނަ ފަތުރުވެރިޔާ --- ފޮޓޯ: އެމްއޭސީއެލް

16 Jul 2023
ވިޔަފާރި
ޢަލީ ސުލައިމާން

މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަަދަދު މިލިޔަނަކަށް އަރައިފި

މިއަހަރުގެ އެއްމިިލިޔަންވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ. 

އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމުގެ ގޮތުން، ވެލާނާ އިންޓަރނޭޝަލް އެއާޕޯޓް ހިންގާ މޯލްޑިވުސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، އެމްއެމްޕީއާރްސީ އަދި ޓޫރިޒަމް މިނިސްޓްރީން ވަނީ ޚާއްޞަ ހަރަކާތެއް ބާއްވާފައެވެ.

އެއްމިލިޔަން ވަނަ ފަތުރުވެރިއަކީ، ރަޝިޔާގެ ރައްޔިތެއްކަމުގައިވާ، އެންޓޯން ޕެވްލޯވްއެވެ. އޭނާއައީ އާއިލާއާއެކުގައެވެ. އެންޓޯން ޕެވްލޯވްއަށާއި އާއިލާއަށް، މަރުހަބާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރުސީގެ އިސްބޭފުޅުންނާއި އެއާޕޯޓުގެ އިސްވެރިންނެވެ.

މިއީ މިރާއްޖެއަށް އަހަރެއްގެ ތެރޭގައި އެއްމިލިޔަން ފަތުރުވެރިން އަންނަންފެށިފަހު، އަހަރުގެ ޖުލައިމަހުގެ ތެރޭގައި މިއަދަދަށް ވާޞިލްވެވުނު ފުރަތަމަ އަހަރެވެ. މިއަހަރު އަދި 5 މަސްދުވަސް ބާކީ އޮތް އިރު، ސަރުކާރުން އަންދާޒާކޮށްފައި ވަނީ، މިއަހަރު ރާއްޖެއަށް 1.9 މިލިޔަން ފަތުރުވެރިން އަންނާނެ ކަމަށެވެ.

ޔޫރަޕްގައި ހަނގުރާމަ ހިނގަމުން ދިޔަ ނަމަވެސް، ރަޝިޔާއިން އެކަނިވެސް މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 115،300 ފަތުރުވެރިން ވަނީ އައިސްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.