ޚަބަރު
ޚަބަރު
24 Jul 2023
ޚަބަރު
މިނިވަން ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ބައްދަލު ކުރެއްވުން މާދަމާ ރޭ އޮންނާނެ
މިއީ މިނިވަން ދުވަހުގެ މުނާޞަބާގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މެދުކަނޑާލިފަހުން، މިބައްދަލުކުރެއްވުން ބާއްވަވާ ފުރަތަމަ އަހަރެވެ. މިބައްދަލުުވުމުގައި ބައިވެރިވެވޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަމަށް ދަޢުވަތު ފޮނުއްވާ ފަރާތްތަކަށެވެ.
23 Jul 2023
ޚަބަރު
ރައީސް ޔާމީނުގެ ވަކީލުން ހުށައެޅި މައްސަލަ ސްޕްރީމް ކޯޓުން ބަލައެއް ނުގަތް
ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އާދަމް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުޕްރީމްކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މައްސަލައެއް ހުށައެޅީ، ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމުގައިވުމާއެކު، ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިޢުނާފީ މައްސަލަތައް ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތަކެއް އަސާސީ ޙައްޤުތަކާއި އިންތިޚާބީ ޙައްޤުތަކަކަށް ހުރަސް އެޅިފައިވާތީ، އެޙައްޤުތައް ކަށަވަރުކުރުމަށް ކަމަށެވެ.
23 Jul 2023
ޚަބަރު
އިލްޔާސް ލަބީބު ވިދާޅުވީ، އޭނާ ހޮވިއްޖެނަމަ ވާނީ ރަމްޒީ ރައީސަކަށް ކަމަށް!
ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑޭޓަކު ހޮވުމަށް، ޕްރައިމަރިއެއް ބޭއްވުމަށް ނިންމާފައިވާއިރު، އެޕްރައިމަރީއަށް ކުރިމަތިލާފައި ވަނީވެސް އިލްޔާސް ލަބީބު އެކަންޏެވެ. އެނގިފައިވާ ގޮތުގައި އިލްޔާސް ލަބީބު ރިޔާސީ ޕްރައިމަރީއަށް ނުކުންނެވީ، ރައީސް ނަޝީދުގެ ފަރާތްޕުޅުންނެވެ. އަދި އޭނާއާ ވާދަކުރެއްވުމަށް އެހެން އެއްވެސް މެމްބަރަކު ކުރިމަތި ނުލެއްވީ އެހެންވެއެވެ. ދަ ޑިމޮކްރެޓްސް އުފައްދަން އުޅުނު އިރު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ރައީސް ނަޝީދު ނުނުކުންނަވާނަމަ، ކެންޑިޑޭޓަކަށް ނެރޭނީ، ޙުސައިން އަމްރު ކަމުގައި ބެލެވިފައޮތެވެ. އެހެން ނަމަވެސް އޭނާ މަންޒަރުން ގެއްލުނުތާ ދުވަސްކޮޅެއް ވެއްޖެއެވެ.
23 Jul 2023
ޚަބަރު
ކުރީގެ މަޝްހޫރު ކޮމޭޑިއަން އަހުމަދު ޝާހިދު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފި
އަޙްމަދު ޝާހިދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ އިރު އައިޖީއެމް ހޮސްޕިޓަލްގައި އޭނާއަށް އައީ ފަރުވާ ދެމުންނެވެ. އަޙްމަދު ޝާހިދުގެ ދަރިކަލުން އަދި ޓީވީ ޕްރެޒެންޓަރ މޫސާ ރިޟުވާން ވިދާޅުވެފައިވާ ގޮތުގައި، އަޙްމަދު ޝާހިދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ މިއަދު ހެނދުނުއެވެ. އަދި ޝާހިދަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
23 Jul 2023
ޚަބަރު
މާލޭގެ ގެއެއްގައި ގޭސް ލީކުވެ މީހަކަށް އަނިޔާވެއްޖެ
އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު، މ. ދިލީވިލާ ގޭގައި ކަމަށެވެ. ހާދިސާ ހިނގަން މެދުވެރިވީ ގޭސް އުނދުނުން ގޭސްލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުގެ ސަބަބުން ހިނގި ގޮވުމުގެ ސަބަބުންނެވެ. މިހާދިސާގައި އަނިޔާވެފައި ވަނީ އުނދުން ރޯކުރިއަންހެން މީހާއަށް ކަމަށާއި އެމީހާގެ މޫނު ފިހިފައިވާ ކަމުގައި އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ހާދިސާގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ދނީ ފަރުވާ ދެމުންނެވެ.
23 Jul 2023
ޚަބަރު
އިންތިޚާބަށް އިއުލާނު ކުރުމާއި އެކު، ކެންޑިޑެންސީވެސް ހުށަނާޅައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް ހިނގައްޖެ
ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އާދަމް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމުގައިވީހިނދު، ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިޢުނާފީ މައްސަލަތައް ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތަކެއް އަސާސީ ޙައްޤުތަކާއި އިންތިޚާބީ ޙައްޤުތަކަކަށް ހުރަސް އެޅިފައިވާތީ، އެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.
23 Jul 2023
ޚަބަރު
އިންތިޚާބަށް ހުޅުވާލައިފި، ކެންޑިޑޭޓުން 1 ލައްކަ ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ
އެކޮމިޝަނުން ބުނީ، ރިޔާސީ އިންތިޚާބުގައި ވާދަކުރަން އެދޭ ކެނޑިޑޭޓުން އިދާރީ ފީގެ ގޮތުގައި 1 ލައްކަ ރުފިޔާ ދައްކަން ޖެހޭނެކަމަށެވެ. މިއީ ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން ދައްކަންޖެހޭނެކަމަށް ކަނޑައަޅާފައިވާ ފީއެކެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެފީ ދައްކަން ޖެހޭނީ، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
22 Jul 2023
ޖަޒީރާ ދިރިއުޅުން
އޮޅުވެލިފުށީގައި ހިނގަމުންދާ މަޝްރޫޢުތައް
އޮޅުވެލިފުށީގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް އެބަ ކުރިޔަށް ދެއެވެ. އަދި މި މަސައްކަތްތަކުގެ މަޢުލޫމާތު މިދިޔަ 2022 ވަނަ އަހަރުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އެ ރަށަށް ކުރެއްވި ދަތުރުގައި ވަނީ ހިއްސާ ކޮށްފައެވެ. އެގޮތުން އޭރު ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާކަމާއި ފުޓްބޯޅަ ދަނޑުގައި ޓާފްއަޅައި ނިމިފައިވާކަމަށާއި ދަނޑު ފުރިހަމަކުރުމަށް އިތުރަށް ކުރަންޖެހޭ ކަންކަންވެސް ސަރުކާރުން ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
21 Jul 2023
ކީއްވެ އިބޫ؟
މިއީ ރައްޔިތުންނަށް މިނިވަންކަން ލިބިގެން ދިޔަ 5 އަހަރު: މެމްބަރު ފަލާޙް
މެމްބަރު ފަލާޙް މިހެން ވިދާޅުވީ، "ނޫން" އަށް ދެއްވި، ޚާއްޞަ ބަސްދީގަތުމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި، ރާއްޖޭގައި ވެރިކަން ކުރެއްވި އެހެން ބޭފުޅުންނާއި ހުރި ތަފާތުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުންނެވެ. މެމްބަރު ފަލާޙް ވިދާޅުވީ، މިފަސް އަހަރަކީ، ރާއްޖޭގަ ވިޔަފާރިވެރިންނަށްވެސް، ރާއްޖޭގެ ރައްޔިތުންނަށްވެސް ހަމަނޭވާ ލެވިގެން ކަމަކާއި ވިސްނާލައިގެން އެމީހުންގެ އަމިއްލަ ދިރިއުލުން ބައްޓަން ކުރުމަށް މަސައްކަތެއްކުރަން ލިބުނު 5 އަހަރު ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރި ދަތުރުގައި، 18 އަހަރެއްހާ ދުވަސް ރައްޔިތުން ވޭތުކުރަން ޖެހުނީ ބިރުވެރިކަމުގެ ތެރޭގައިކަން ފަލާޙް ފާހަގަކުރެއްވިއެވެ.
21 Jul 2023
ޚަބަރު
ނައިބު ރައީސްގެ ބަޔޮގްރަފީ ފޮތް ނެރެފި
މިފޮތް ނެރުމަށް، "50 ފައިސަލް"ގެ ނަމުގައި ރޭ ބޭއްވި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނާއި، ދައުލަތުގެ ވަޒީރުންނާއި، އެމަނިކުފާނުގެ ރަޙްމަތްތެރީން ބައިވެރިވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ 50 ވަނަ އުފަންދުވަހާއި ގުޅުވައިގެން އެމަނިކުފާނުގެ ބަޔޮގްރަފީ ފޮތް ނެރުނު އިރު، އެފޮތުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޒާތީ ޙަޔާތްޕުޅާއި، ސިޔާސީ މަސައްކަތްޕުޅާއި، އަދި ކާމިޔާބި ތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.
20 Jul 2023
ޚަބަރު
އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވެގެން ގޮސްފައި ވަނީ ތަފާތު އެކި ސަބަބުތަކާއި ހެދިކަމަށެވެ. އަދި އެ ހޮސްޕިޓަލް އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހި، އަދި ކޮންޓްރެކްޓްވެސް ހަވާލުކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަސައްކަތް އަވަހަށް ކުރިޔަށް ގެންދިޔުމަށްޓަކައި، ކޮންޓްރެކްޓަރާއި ވާހަކަ ދައްކަމުންދާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
19 Jul 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ އިހަވަންދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި، ކޮމިއުނިޓީ ސެންޓަރު އަދި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވައިފި
މި ޢިމާރާތްތައް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވީ، މިހާރު އެމަނިކުފާނު، ހއ އަތޮލަށް ކުރައްވަމުންދާ ކެމްޕޭން ދަތުރުފުޅުގައި މިއަދު ހަވީރު އެރަށަށް ވަޑައިގެން، އެރަށްރަށުގައި ވަކިވަކިން މިރޭ ބޭއްވި ރަސްމިއްޔާތު ތަކުގައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ހުޅުއްވައި ދެއްވީ، އިހަވަންދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލެވެ. ފުރަތަމަ އެމަސައްކަތް ހަވާލުކުރެވުނު ކުންފުންޏަށް އެމަސައްކަތް ނުކުރެވުމުން، އެ އިމާރާތުގެ މަސައްކަތް ނިންމާފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
19 Jul 2023
ޚަބަރު
އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ނިމި ރައީސުލްޖުމްހޫރިއްޔާ އެ ބަނދަރު ހުޅުއްަވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިހަވަންދޫ ބަނދަރު ހުޅުއްވައި ދެއްވީ، އެކަމަށްޓަކައި މިއަދު ހަވީރު އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިސަރުކާރުން، ހއ. އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިގޮތުން މިމަޝްރޫގެ ދަށުން، ބަނދަރު ފުޅާކޮށް، 251 މީޓަރުގެ ބޭރުތޮށިލައި 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާފައިވެއެވެ. އަދި ބޭރުތޮއްޓަށް އެރުމަށްޓަކައި ބުރިޖެއް ހެދުމުގެ އިތުރުން، 121 އަކަމީޓަރުގެ ރޭމްޕެއް ބަނދަރުގައި ވަނީ ހަދާފައެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ނެރު ބައްތި އާ ބަނދަރު ބައްތި ޖަހައި، ޕޭވްމެންޓް ވަނީ ހަދާފައެވެ.
19 Jul 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ހއ މޮޅަދޫ ބަނދަރު ހުޅުއްވައި ދެއްވައިފި
ހއ. މޮޅަދޫއަކީ މި ސަރުކާރު ވެރިކަމަށް އައިރު ރާއްޖޭގައި ލަފާފުރުމަށް ބަނދަރެއް ނެތް މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ރައީސުލްޖުމްހޫރިއްޔާ މޮޅަދޫ ބަނދަރު ހުޅުއްވައި ދެއްވީ މިއަދު އެމަނިކުފާނު ހއ އަތޮޅަށް ފެއްޓެވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު އެރަށަށް ވަދައިގެންނެވެ. މޮލަދޫގެ ބަދަރަކީ، 645 ފޫޓު ދިގު އަދި 250 ފޫޓު ފުޅާ ބަނދަރެކެވެ.
19 Jul 2023
ޚަބަރު
ތުރާކުނު ކުޑަކުދިންގެ ޕާކާއި ފުޓުބޯޅަ ދަނޑު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި
19 Jul 2023
ޚަބަރު
މިދައުރުގެ ތެރޭގައި މިހާތަނަށް 12 މިސްކިތް ބިނާކުރެވިފައިވާ ކަމުގައި އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެ
އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ، ކޮންމެ މިސްކިތެއްގެވެސް މަސައްކަތް ހަވާލުކުރެވެމުން އަންނަނީ 1 އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކަމަށެވެ. އަދި މިސްކިތްތައް ބިނާކުރުމަށް ހަވާލުކުރެވޭ ކޮންޓްރެކްޓަރުންނަށް މުއްދަތައް މަސައްކަތް ނުނިންމޭކަން ފާހަގަކުރައްވައި މިނިސްަޓަރ ވިދާޅުވީ، މިސްކިތްތައް ބިނާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްކުރިއަށް ގެންދިޔުމަށްޓަކައި، މަސައްކަތުގެ ކޮންޓްރެކްޓަރުންވެސް އެހީތެރިކަންދީ، އެއްބަސްވެފައިވާ މުއްދަތަށް އެ މަސައްކަތް ނިންމަންޖެހޭކަމަށެވެ.