Advertisement

އިލްޔާސް ލަބީބު --

23 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

އިލްޔާސް ލަބީބު ވިދާޅުވީ، އޭނާ ހޮވިއްޖެނަމަ ވާނީ ރަމްޒީ ރައީސަކަށް ކަމަށް!

ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޓަކައި އުފެއްދި، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްކަމަށް ކުރިމަތި ލެއްވި އިލްޔާސް ލަބީބު އޭނާއަކީ ރަމްޒީ މީހެއްކަމަށް ދޭހަވާ މޭރުމުން ވާހަކަފުޅު ދައްކަވައިފިއެވެ.

ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑޭޓަކު ހޮވުމަށް، ޕްރައިމަރިއެއް ބޭއްވުމަށް ނިންމާފައިވާއިރު، އެޕްރައިމަރީއަށް ކުރިމަތިލާފައި ވަނީވެސް އިލްޔާސް ލަބީބު އެކަންޏެވެ. އެނގިފައިވާ ގޮތުގައި އިލްޔާސް ލަބީބު ރިޔާސީ ޕްރައިމަރީއަށް ނުކުންނެވީ، ރައީސް ނަޝީދުގެ ފަރާތްޕުޅުންނެވެ. އަދި އޭނާއާ ވާދަކުރެއްވުމަށް އެހެން އެއްވެސް މެމްބަރަކު ކުރިމަތި ނުލެއްވީ އެހެންވެއެވެ. ދަ ޑިމޮކްރެޓްސް އުފައްދަން އުޅުނު އިރު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ރައީސް ނަޝީދު ނުނުކުންނަވާނަމަ، ކެންޑިޑޭޓަކަށް ނެރޭނީ، ޙުސައިން އަމްރު ކަމުގައި ބެލެވިފައޮތެވެ. އެހެން ނަމަވެސް އޭނާ މަންޒަރުން ގެއްލުނުތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތި ލެއްވި ހަމައެކަނި ކެންޑިޑޭޓް އިލްޔާސް ލަބީބު ޕާޓީގެ މެމްބަރުންނަށް ތަޢާރަފްވުމަށްޓަކައި، އެޕާޓީގެ ހަރުގޭގައި ބޭއްވި އެއްވުމުގައި ވިދާޅުވީ، ރައީސް ކަމުގެ މަޤާމަށް އޭނާ ހޮވި ވަޑައިގެންފިނަމަވެސް ހުންނާނީ ރައީސް ނަޝީދުގެ ފަހަތްޕުޅުގައެވެ. އޭގެ މާނައަކީ، އިލްޔާސް ލަބީބު މަޤާމުގައި ހުންނަވާނީ، ރަމްޒީގޮތުން ކަމަށާއި، ވެރިކަމުގެ އެންމެހައި ބާރުތައް ހިފަހައްޓަވައި ހިންގަވާނީ، އިލްޔާސްގެ ހިޔަނީގައި ރައީސް ނަޝީދުކަމުގައި ސިޔާސީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވީ ހަމައެކަނި، އިލްޔާސް ލަބީބު ކަމުގައިވާތީ، އެޕާޓީން މިހާރު ނިންމާފައި ވަނީ، ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.

އިލްޔާސް ލަބީބަކީ، އެމްޑީޕީގައި ހުންނެވި އިރުވެސް އާއްމު މެމްބަރުންގެ ތެރޭގައި މާ މަޤުބޫލު ބޭފުޅެއް ނޫނެވެ. އަދި ދަ ޑިމްކޮރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ނުކުންނަވައިގެން ކާމިޔާބެއް ހޯދޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތްކަމުގައި ދަ ޑިމޮކްރެޓްސްގެ މެމްބަރުންވެސް ޤަބޫލުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.