Advertisement

21 Jul 2023
ކީއްވެ އިބޫ؟
ޢަލީ ސުލައިމާން

މިއީ ރައްޔިތުންނަށް މިނިވަންކަން ލިބިގެން ދިޔަ 5 އަހަރު: މެމްބަރު ފަލާޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ މި 5 އަހަރަކީ، ރައްޔިތުންނަށް، މިނިވަންކަން ލިބިގެންދިޔަ 5 އަހަރުކަމުަގައި، ރައްޔިތުންގެ މަޖިލީހުގެ، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު ފަލާޙް ވިދާޅުވެއްޖެއެެވެ.

މެމްބަރު ފަލާޙް މިހެން ވިދާޅުވީ، "ނޫން" އަށް ދެއްވި، ޚާއްޞަ ބަސްދީގަތުމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި، ރާއްޖޭގައި ވެރިކަން ކުރެއްވި އެހެން ބޭފުޅުންނާއި ހުރި ތަފާތުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުންނެވެ. 

މެމްބަރު ފަލާޙް ވިދާޅުވީ، މިފަސް އަހަރަކީ، ރާއްޖޭގަ ވިޔަފާރިވެރިންނަށްވެސް، ރާއްޖޭގެ ރައްޔިތުންނަށްވެސް ހަމަނޭވާ ލެވިގެން ކަމަކާއި ވިސްނާލައިގެން އެމީހުންގެ އަމިއްލަ ދިރިއުޅުން ބައްޓަން ކުރުމަށް މަސައްކަތެއްކުރަން ލިބުނު 5 އަހަރު ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރި ދަތުރުގައި، 18 އަހަރެއްހާ ދުވަސް ރައްޔިތުން ވޭތުކުރަން ޖެހުނީ ބިރުވެރިކަމުގެ ތެރޭގައިކަން ފަލާޙް ފާހަގަކުރެއްވިއެވެ.

"ޚާއްޞަކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ 5 އަހަރުގެ ކުރީގެ 5 އަހަރު. އަޅުގަނޑުމެންތިބީ ނާމާންކަމެއްގެ، ބިރުވެރިކަމެއްގެ ތެރޭގައި. އެބިރުވެރިކަމުން އަޅުގަނޑުމެން ސަލާމަތްވި 5 އަހަރު ކަމަށްވާތީ، އަޅުގަނޑު ދެކެނީ، ރައީސް ޞާލިޙްގެ 5 އަހަރަކީ، އަޅުގަނޑުމެންނަށް ލިބުނު މިނިވަން 5 އަހަރު ކަމަށް."

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު ފަލާޙް

ފަލާޙް ވިދާޅުވީ، އެހެންވެރިންނާއި ރައީސް ޞާލިޙާއި ތަފާތަކީ، ރައީސް ޞާލިޙަކީ މީހުންނަށް ރައްދުދީ ބަދުބަސްބުނެ އަދި އަނިޔާވެރިވާ ބޭފުޅަކަށް ނުވުން ކަމަށެވެ. އަދި މިވެރިކަމުގެ ކުރީގެ 5 އަހަރު ހިނގައި ދިޔަ ކަންކަންވެސް މެމްބަރު ފަލާޙް ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން ކުރީގެ ސަރުކާރުތަކުގައި، ސިޔާސީ މީހުން ހައްޔަރުކޮށް ޖަލަށްލާފައި ވީނަމަވެސް މިހިނގާ 5 އަހަރުގެ ތެރޭގައި ސިޔާސީ ގޮތުން އެއްވެސް މީހަކު ބަންދުކޮށްފައި ނެތްކަންވެސް މެމްބަރު ފަލާޙް ފާހަގަކުރެއްވިއެވެ.

މެމްބަރު ފަލާޙް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މިވެރިކަމުގައި ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ކޮށްދެއްވާފައިވާ ކަމަށެވެ. މިގޮތުން ހިލޭ ޑިގްރީ ޕްރޮގްރާމާއި، ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާގެ ނިޒާމާއި ސާފު ބޯފެން ފޯރުކޮށްދެއްވުމަށް މަޝްރޫޢުތައް ހިންގަމުންދާކަން ފަލާޙް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އަމަން އަމާންކަން ޤާއިމް ކުރެއްވުމަށާއި، ޞިއްޙީ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ކުރައްވާފައިވާ މަސައްކަތްތައްވެސް މެމްބަރު ފަލާޙް ވަނީ ފާހަގަކުރައްވާފައެވެ. 

މެމްބަރު ފަލާޙް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ވީ ވަޢުދު ރަނުން ރަނަށް ފުއްދައި ދެއްވި ހަމައެކަނި ރައީސަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގެ ދެވަނަ ދައުރެއް ވެގެންދާނީ އުޖާލާ ދައުަރަކަށް ކަމުގައިވެސް މެމްބަރު ފަލާޙް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.