Advertisement

ޕީޕީއެމްގެ އިސްބޭފުޅުން ހައިކޯޓުގައި ---

23 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

އިންތިޚާބަށް އިއުލާނު ކުރުމާއި އެކު، ކެންޑިޑެންސީވެސް ހުށަނާޅައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް ހިނގައްޖެ

ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމާއި އެކު، ރައީސް ޔާމީނުގެ ހައްޤުތަކެއް ގެއްލިފައިވާ ކަމަށް ބުނެ، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅާފައިވާ ކަމުގައި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އާދަމް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމުގައިވީހިނދު، ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިޢުނާފީ މައްސަލަތައް ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތަކެއް އަސާސީ ޙައްޤުތަކާއި އިންތިޚާބީ ޙައްޤުތަކަކަށް ހުރަސް އެޅިފައިވާތީ، އެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ޢިއުލާނުކޮށްފައި ވާއިރު، ރައީސް ޔާމީނުގެ ކެންޑިޑެންސީވެސް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައި އެކޮމިޝަނުން ގޮތެއް ނިންމުމުގެ ކުރިން، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން މައްސަލައެއް ހުށައެޅުމަކީ، އިންތިޚާބަށް އެމަނިކުފާނުގެ ޝަރުޠު ހަމަނުވާކަން، ޚުދު އެމަނިކުފާނާއި ވަކީލުންގެ ޓީމުންވެސް ޤަބޫލު ކުރާކަން ހާމަވެފައިވާ ކަމެއް ކަމުގައި ޤާނޫނީ ދާއިރާގެ ބޭފުޅުންނާއި އަދި ސިޔާސީ ބޭފުޅުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޤާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ފާހަގަކުރައްވާފައިވާ ގޮތުގައި، ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށައަޅާފައިވާ މައްސަލައަކީ، ދުސްތޫރީ މައްސަލައެއްކަމަށް އެފަރާތުން ބުނި ނަމަވެސް، ދުސްތޫރީ މައްސަލައެއްގެ އެއްވެސް އުންސުރެއް އެމައްސަލައިގައި ފުރިހަމަ ނުވާކަމަށާއި އެމައްސަަލަ ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް ބަލައިގަނެ ހިންގޭނެ ހަމައެއް ނެތްކަމުގައިވެސް ޤާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން އިންތިޚާބާއި ގުޅޭ މައްސަލަތައް ހުށައަޅަންޖެހޭނީ ދިވެހިރާއްޖޭގެ ހައިކޯޓަށްކަންވެސް ޤާނޫނީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ.

ރައީސް ޔާމީނުގެ އިންތިޚާބީ ޙައްޤު ކަށަވަރުކުރުމަށް ކަމަށް ބުނެ، ދުސްތޫރީ މައްސަލައެއްކަމަށް ނުބެލެވޭ މައްސަލައެއް އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ސްޕްރީމްކޯޓަށް ހުށައަޅާފައިވުމުން، އެކަމަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ރިޔާސީ އިންތިޚާބަށް ޕީޕީއެމްއިން ނެރޭނެ ކެންޑިޑޭޓަކީ، ރައީސް ޔާމީނުކަމަށް ކަނޑައަޅައި އެމަނިކުފާނަށް ޕީޕީއެމްއިން ރިޔާސީ ޓިކެޓް އަރުވާފައި ވީނަމަވެސް، ޤާނޫނު އަސާސީއާ ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޝަރުޠުތައް ރައީސް ޔާމީނުގެ ކިބައިގައި ފުރިހަމައެއް ނުވެއެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފަރާތަކީ، ޖިނާާޢީކުށެއް ޝަރީއަތަށް ސާބިތުވެ 12 މަސްދުވަހުގެ ޙުކުމެއް އައިސްފައިވާ މީހަކު ނަމަ، އެމީހަކަށް އިންތިޚާބުގައި ވާދަކުރެވޭނީ، އަދަބު ތަންފީޒްކޮށް ނިމުނުތާ ނުވަތަ އަދަބު މަޢާފްކޮށްދިންތާ 3 އަހަރު ވުމަށް ފަހުގައެވެ. ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމް އިއްވާފައިވާ އިރު، ޙުކުމްތަންފީޒު ކުރެއްވުމަށްޓަކައި މިހާރުވެސް އެމަނިކުފާނު ހުރީ ޖަލުގައި ބަންދުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.