Advertisement

ރައީސުލްޖުމްހޫރިއްުޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ---

20 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހއ. އިހަވަންދޫ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ހއ އަތޮލަށް ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި ރޭ، އިހަވަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވެގެން ގޮސްފައި ވަނީ ތަފާތު އެކި ސަބަބުތަކާއި ހެދިކަމަށެވެ. އަދި އެ ހޮސްޕިޓަލް އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހި، އަދި ކޮންޓްރެކްޓްވެސް ހަވާލުކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަސައްކަތް އަވަހަށް ކުރިޔަށް ގެންދިޔުމަށްޓަކައި، ކޮންޓްރެކްޓަރާއި ވާހަކަ ދައްކަމުންދާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މަސައްކަތްފެށުން މިހާތަނަށް ލަސްވެގެން އެދިޔައީ، ސަރުކާރުން އޭގައި ކުރަން އޮތް ކަމެއް އޮވެގެނެއް ނޫން. އަޅުގަނޑުމެން މިހާރުވެސް މަސައްކަތް ކުރަމުން މިގެންދަނީ، ކޮންޓެރެކްޓް ކުރެވިފައި އޮތް ފަރާތާއި، ވާހަކަ ދައްކައިގެން އެކަން ވީހާވެސް އަވަހަކަށް ފެށޭނެ ގޮތެއް ހޯދުމަށް. ކޮންޓެރެކްޓް ބާޠިލްކޮށްލައިފި ކަމަށް ވަންޏާ އަނެއްކާވެސް ނަގާނެ ތިން ހަތަރުމަސް. މިހާރު އަޅުގަނޑުމެންނަށް ކުރެވުނު މަޝްވަރާއިން، އެބޭފުޅުން އަޅުގަނޑުމެންނަށް ޔަޤީންކަން ދީފައި އޮތީ، މިޖުލައިމަސް ހުސްވާ ހިސާބުގައި، އޮގަސްޓް މަހުގެ ކުރީކޮޅުގައި، ޢަމަލީ މަސައްކަތް ފަށައިގަނެވޭނެ ކަމަށް." 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިހަވަންދޫ ބިންހިއްކުމުގެ މަސައްކަތް ނިމުމާއި އެކު އެރަށުގައި އެޅުމަށް ނިންމާފައިވާ މަސްފެކްޓްރީގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ، އިހަވަންދޫއަށް އިތުރުކުރާ 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްވެސް މިހާރު ނިމުމަކާއި ހަމައަށް ގޮސްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، ހއ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ވަނީ، ހއ އަތޮޅުގެ އެހެން ބައެއް ރަށްރަށަށްވެސް ވަޑައިގެންފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.